ޚަބަރު

މާލެ ސިޓީ ކައުންސިލްގެ ހުވާކުރުންވެސް އޮންލައިންކޮށް ބާއްވަން ނިންމައިފި

މާދަމާ ސަލްޓަން ޕާކުގައި ބާއްވަން ނިންމި މާލެ ސިޓީ ކައުންސިލްގެ ހުވާކުރުންވެސް އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ސީޓީ ކައުންސިލްގެ ހުވާކުރުން މާދަމާ ހެނދުނު 9:00 ގައި އޮންނާނީ އޮންލައިންކޮށް ކަމަށެވެ.

މިރަސްމިއްޔާތުގައި ، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބުވެފައިވާ މޭޔަރާއި، ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ހުވާކުރުންވެސް އޮންނާނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިގޮތަށް މިރަސްމިއްޔާތު އޮންލައިންކޮށް ބާއްވަން ނިންމީ، ސަލްޓަން ޕާކުގައި މި ރަސްމިއްޔާތު ބާއްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

ޓީވީއެމް އާއި ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން މި ރަސްމިއްޔާތު ވަގުތުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެހެން ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުން ވެސް މާދަމާ އޮންނާނެ އެވެ. މި ރަސްމިއްޔާތުތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ އޮންލައިކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close