މާލެއިން، ކޮންމެ 5 ސާމްޕަލަކުން 3 ސާމްޕަލް ޕޮޒިޓިވްވޭ – އެޗްޕީއޭ
ކޮންމެ 5 ކޮވިޑް ޕީސީއާރު ޓެސްޓަކުން 3 ސާމްޕަލް މާލޭސިޓީން ދަނީ ޕޮޒިޓިވްވަމުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
ރާއްޖެގައި ކޮވިޑްގެ ނުރައްކާތެރިކަން އޮތް މިންވަރު ހާމަކޮށްދިނުމުގެ ގޮތުން އެޗްޕީއޭއިން މިގޮތަށް ބުނެފައިވާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި ޢަދަދު މިއަދު ރެކޯޑްކޮށްފައިވަނީ 1091 މީހެކެވެ.
އެޗްއީއޯސީއިން މިހާރު ކުރިއަށްދާ ޕްރެސްގައި މަބުރޫކް ވިދާޅުވީ މި އަދަދުތަކުގެ ތެރޭގައި އިއްޔެ ޕެންޑިންގައި އެންޓަރ ނުކޮށް ހުރި އަދަދުތައްވެސް ހިމެނޭކަމަށެވެ.
ދެން ހުރި އަދަދުތަކަކީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތަކެވެ.
މިއަދު ވެގެން ދާނީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހަށެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ ދެ ހަފްތާއެއް ދުވަހު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ހުރީ ނުރައްކާ މިންވަރަކަށް އިތުރު ވެފައެވެ.

