ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީއެއް ރެފްރީކަންކޮށްފި
ދުނިޔޭގައި ބޭއްވޭ ތަފާތު ފުޓްބޯޅަ މުބާރާތްތަތަކުގައި ކުޅެވޭ މެޗުތަކުގައި އަންހެން ރެފްރީން ރެފްރީކަށް ކުރުމަކީ މިފަހަކަށް އައިސް ވަރަށް އާއްމުކަމަކަށް ވީނަމަވެސް ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތައް ކޮލިފައި ވުމަށް ކުޅެވޭ ވޯލްޑްކަޕް ކޮލިފައިން މެޗުތަކުގައި އަންހެން ރެފްރީން ރެފްރީކަން ކުރުމަކީ ރެޔާއި ހިސާބަށް ނުކުރެވި އޮތް ކަމެކެވެ.
ނަމަވެސް ވޯލްޑްކަޕް ކޮލިފައިން މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީއެއްގެ ޝަރަފް ރޭގައި ހޯދާފައި މިވަނީ މިހާތަނަށްވެސް ބައިނަލް އަޤްވާމީ އެންމެ ގިނަ މެޗުތަކުގައި އަންހެން ރެފްރީއެއްގެ ގޮތުގައި ރެފްރީކަން ކޮށްފައިވާ ފްރާންސްގެ މަޝްޙޫރު އަންހެން ރެފްރީ ސްޓެފަނީ ފްރަޕާރޓް އެވެ.
ފްރަޕާރޓް ރެފްރީކަން ކޮށްފައިމަވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ނެދަލެންޑާއި ލެޓްވިއާ ބައްދަލުކުރިމެޗުގައެވެ. މިމެޗު 2-0 ން ކާމިޔާބުކޮށްފައިވަނީ ނެދަލެންޑްސްއިންނެވެ. މިއީ މި ފަހަރު ކޮލިފައިންގައި ނެދަލެންޑްސްއިން ހޯދި ފުރަތަމަ މޮޅެވެ.
އަންހެން ރެފްރީ ސްޓެފަނީ ފްރަޕާރޓް އަކީ ދުނިޔޭގައި ބޭއްވޭ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތްތައް ކަމަށްވާ ޔުއެފާ ސުޕަ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީ ވެސް މެ އެވެ. މީގެ އިތުރުން އުމުރުން 37 އަހަރުގެ ފްރަޕާޓް އަންނަނީ ފްރާންސް ފުރަތަމަ ޑިވިޝަން މެޗުތަކުގައި ވެސް ޤަވާއިދުން ރެފްރީކަން ކުރަމުންނެވެ.

