ޚަބަރު

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުކަމަށް 5 ބޭފުޅަކު ކުރިމަތިލައްވައިފި

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނާ ގޮތުން 7 މެމްބަރުން ތިބެންޖެހޭ ފުލުހުންގެ ބޯޑުން 2 މެމްބަރުން ވާން ޖެހޭނީ އާއްމުންގެ ތެރެއިން ހޮވާ ދެމީހަކަށެވެ.

އާއްމުންގެ ފަރާތުން ބޯޑަށް ކުރިމަތިލީ ފަރާތްތައް

1- ލަބީގު މުޙައްމަދު މާހިދު/ މ.މަނަދޫ ވިއު

2- ޒުބައިރު އަޙްމަދު މަނިކު/ ގ.މަލްވިނަ

3- ޒީނަތު ޢަލީ/ ދަފްތަރު 2616

4- ޢަލީ މުޙައްމަދު މަނިކު/ ދަފްތަރު 1851

5- ޙާމިދު ޢަބްދުލް ޣަފޫރު/ ހ.ޝޭޑީ ކޯނަރ

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރަނީ ޤާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުންނެވެ. މި ބޯޑުގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުވެސް ހިމެނެއެވެ.

“ޕޮލިސް ބޯޑު”ގެ ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close