ޚަބަރު

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ދަނީ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ން އިން ފެށިގެން ކުރިޔަށް އެބަދެ އެވެ.

މި އިންތިހާބަކީ ތިން ވަނަ ދައުރަކަށް އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބެކެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދަނީ މިއަދު ހެނދުނު 8:00 ން ހަވީރު 5:00 އަށެވެ. ވޯޓުލުން ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ.

ވޯޓްލުމުގައި އެއްވެސް ދައްޗެއް ދިމާވާނަމަ އެ ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅައި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ޕާޓީން އެދެ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބެނީ އިއްޔެގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި އިންތިހާބަކީ އެޕާޓީގެ ތާރީހުގައި އަންހެނުންނަށް ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭގޮތަށް އިންތިހާބަށް ފުރުސަތު ހުޅުވާލި ފުރަތަމަ އިންތިހާބެވެ. އެކަމަކު އިންތިހާބުގައި ވާދަ ކުރަން އެއްވެސް އަންހެނަކު ފޯމު ހުށަހަޅާފައެއް ނުވެ އެވެ.

އަދާލަތުގެ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. މިނިސްޓަރު އިމްރާންގެ ރަނިން މޭޓަކަށް އަހުމަދު ޝަރީފު ހަމަޖައްސަވާފައިވާއިރު މިނިސްޓަރު ޑރ. ޒާހިރުުގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ އަހުމަދު ނަޝީދެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close