ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 51 މީހުން ، ރަނގަޅުވީ 49 މީހުން

ފާއިތުވި 24 ގަޑިއރުގެ ތެރޭގައި ރާއްޖެއިން އިތުރު 51 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ 49 މީހުން ކޯވިޑް-19އިން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.އް

ހޯމަދުވަހުގެ 18:00އިން ފެށިގެން އަންގާރަދުވަހުގެ 18:00އާހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 51 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 2 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 14633 އަށް އަރާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަކީ 49އެވެ. މިއާއިއެކު މިހާތަނަށް ރާއްޖޭގައި ކޯވިޑް19ޖެހުނު މީހުންގެ ތެރެއިން 13،615އަށްވަނީ އަރާފައެވެ.

މިއަހަރު ފެށުނުފަހުން ގިނަ އަދަދެއްގެ ބަޔަކު އަނެއްކާވެސް ބައްޔަށް ޕޮޒިޓިވްވަމުން އަންނައިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް ދަނީ މަޑުމަޑުން މައްޗަށް ޖެހެމުންނެވެ. އެގޮތުން މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 73 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ ތިބި މީހުންގެ ޢަދަދަކީ 962އެވެ.

ކޯވިޑް-19އަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 3168 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 370،938އަށް ވަނީ އަރާފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 49 މީހެކެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close