ޚަބަރު

ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުން ގިނަ ކުޅިވަރުތަކުން ސަސްޕެންޑު ކުރާނެ – މަހުލޫފު

ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުން ގިނަ ކުޅިވަރުތަކުން ސަސްޕެންޑު ކުރާނެކަމަށް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހަށް ފާޑުވިދާޅުވެ މަހުލޫފު މިހެން ވިދާޅުވީ އޭނާކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓްގައި މަހުލޫފު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މެނިސްފެސްޓޯއާއި އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދަނީ ކުރިއަށް ކަމަށެވެ. އެސޯސިއޭޝަން ތަކުގެ އިންތިޚާބުތައް ހިންގަނީ ޑިމޮކްރެޓިކް ކޮށް ކަމަށާއި، ޤާނޫނާއި އަދި އިންޓަނޭޝަނަލް ފެޑެރޭޝަން ތަކުގެ އެއްގޮތަށް ކަމަށެވެ. އެޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ޙަސަން ލަތީފްގެ ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެކަމަށެވެ.

ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ހަސަން ލަތީފު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފައެވެ. އެ ބިލު ފޮނުއްވުމަށްފަހު ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

ހަސަން ލަތީފު މިއަދު ވިދާޅުވީ ކުޅުންތެރިންނާއި، ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަނބޮޑުވުންތަކަށް އެ އިސްލާހުތަކުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށާއި ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި އެފަދަ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމުކުރުން ވެސް އިސްލާހު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށް ފެންނަ އިތުބާރު ކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއް ކަމުގައި ހެދުމާއި، ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.

އެ ބިލާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ގޮތަށް ހިންގެވުން ކަމަށެވެ. އަދި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުމަކީވެސް ބޭނުންތެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ހަސަން ލަތީފުގެ ބިލުން މި ކަންކަން ހާސިލުވާނެ.” ނަޝީދު ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި ބިލުގައިވާ މައިގަނޑު ބަދަލަކީ ގައުމީ ކުޅިވަރު ކައުންސިލުގެ އެކުލެވުމަށް ގެނެވިފައިވާ ބަދަލުތަކުގެ އިތުރުން ކައުންސިލުގެ ބައެއް މެންބަރުން އިންތިހާބު ކުރެވޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކެވެ.

އެއް ކޮމެންޓް

  1. Hassan latheef husaeli islaahun ves engigendanee mdp ge visnumakee rajjege kulivaru halaakukurun adi mdp ge nufooz kulivaruge tereya vedun. mdp a baaru oteema eyge beynun nahama gotuga beynun kuranee. Hassan latheef heenukurati abadaku titaa infeveyne kama.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close