ޚަބަރު

ބީއެމްއެލް ށ.ފުނަދޫ ބްރާންޗުން، އެރަށު ސުކޫލަށް ފޮތްހަރެއް ހަދިޔާކޮށްފި

ބީއެމްއެލް ށ.ފުނަދޫ ބްރާންޗުން، އެރަށު ސުކޫލްގެ ލައިބްރަރީއަށް ފޮތްހަރުގަނޑެއް ހަދިޔާކޮށްފިއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން އަބަދުވެސް އަތޮޅުތެރޭގެ ސުކޫލްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ފުނަދޫ ސުކޫލުން ބޭނުންވީ އެ ސުކޫލުގެ ލައިބްރަރީއަށް ފޮތް ހަރެއް ކަމަށާއި، އެހެންކަމުން އެ ސުކޫލަށް ހަދިޔާކޮށްފައިވަނީ ފޮތް ހަރެއްކަމަށެވެ.

މި ޑޮނޭޝަންގެ ސަބަބުން ކިޔަވައިދިނުމަށް ފުރިހަމަ މާހައުލެއް ގާއިމުކުރެވޭނެ ކަމަށާއި އަދި ދަރިވަރުންނަށް ގިނަގުނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

މީގެކުރިން ބީއެމްއެލްއިން ވަނީ ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާހަށް ބޭނުންވާ ވަސީލަތްތައްވެސް ފޯރުކޮށްދީފިއެވެ.

އަދި މީގެ އިތުރުން ބީއެމްއެލްގެ އެހީތެރިކަން އިޤްތިޞާދީގޮތުންވެސް ފުޅާދާއިރާއެއްގައި އެކިއެކި ފަރާތްތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލުން ރިސޯޓުތަކަށްވެސް 7.7 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކޮށް ، ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ. މި ލޯނަކީ ހަ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރަޑަކާއެކު ތިން އަހަރުން ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close