ޚަބަރު

އެޑްވައިޒަރުކަމުގެ ޝަރުތު ފުރިހަމަނުވާތީ ޔަޝްފާ ހޫނުފެނަށް!

ޖޭޕީގެ ޑެޕިއުޓީ ލީޑަރުންނާއި އަދި ސްޕެޝަލް އެޑްވައިޒަރުންނާއި، އެޑްވައިޒަރ، ޕާޓީގެ އެހެން ގުނަންތަކުގެ އިސް މަޤާމުތަކުގައި މިއަދު ފެންނަން އޮތީ ތަޢުލީމީ އަދި ސިޔާސީ ތަޖުރިބާކާރުންގެ ވަރުގަދަ ބޭފުޅުންނެވެ.

މިހާތަނަށް ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައިވެސް ގިނައިން ވާދަކޮށްފައި ތިއްބެވީ ސިޔާސީ ގޮތުން ވަރަށް ކުޅަދާނަ، އަދި ރާއްޖޭގެ ސިޔާސީ މަޝްރަޙު ރަނގަޅަށް ދެނެވަޑައިގަންވާ ބޭފުޅުންނެވެ. އަދި ބޮޑެތި ޕާޓީތަކުގައި އިސްމަގާމްތައް ފުރުއްވި ބޭފުޅުންނެވެ.

ނަމަވެސް، ކުއްލިއަކަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރ ކަމަށް ޢައްޔަންކުރި ޔަޝްފާ ޢަބްދުލްޣަނީ އަކީ ސިޔާސީގޮތުން ތަޖުރިބާއެއް ނެތް، ސިޔާސީ މަގާމެއް ނުފުރުއްވާތާ ޖޭޕީގެ އިދާރީ މުއައްޒަފަކެވެ.

ޖޭޕީން މިހާތަނަށް ބަލައިގަނެފައިވާ ހަރުދަނާ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޔަޝްފާ އަކީ އެ މަޤާމަށް ހަމަ ހަޤީޤަތުގައިވެސް އެކަށީގެންވާ މީހެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ.

ސޯޝަލް މީޑިއާގައި މިބަހުސް ފަށާފައިވާއިރު ޖޭޕީގެ ލީޑަރޝިޕްވަނީ ހޫނުވެފައެވެ. ޔަޝްފާ އަކީ މި ވީހާތަނަށް އިންތިހާބީ އެއްވެސް މަޤާމެއް އަދާނުކުރަތާ ސިޔާސީ ދާއިރާއަށްވެސް މުޅިން އާމޫނަކަށްވާތީ ޕާޓީގެ ކައުންސިލް މެމެބަރުންގެ ޚިޔާލުވެސް އަހާލީމެ. ” އަޅުގަނޑްމެން މިތބީ ކިޔާނެއެއްޗެއް ނޭގިފަ. ލީޑާރ ކުއްލިއަކަށް އިއުލާން ކުރެއްވީ. ލީޑާރ މޫނުމަތިން ފެނުނީ ނުތަވަސްކަން. ހީވަނީ ބައެއްގެ އެދުމަކަށް ކުރެއްވިކަމެއްހެން. އެކަމަކު މީ ވަރަށް ދެރަކަމެއް. އިލްމީ ޤާބިލް، ސިޔާސީ ތަޖުރިބާކާރުން ތިއްބާ ޔަޝްފާ ފަދަ ނާގާބިލް މީހަކަށް ދިނީމަ ވަރަށް ބޮޑަށް ފާޑުކިއުން އެބައާދޭ “

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޕީޕީއެމް އޮފީހުގެ ސެކްރެޓެރީ ކަމުގެ މަޤާމު ފުރުއްވި ޔަޝްފާއަކީ ޖުމްހޫރީ ޕާޓީގެ “އިދާރީ” މަޤާމެއް އުޅޭ މުއައްޒަފެކެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި އެ ޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންފަރެންސްގައި، ޕާޓީގެ ނައިބު ލީޑަރުގެ މަޤާމަށް ވާދަކޮށްގެން ޔަޝްފާ ވނީ ބޮޑުތަނުން ބަލިވެފައެވެ.

ދާދިފަހުން ޖޭޕީގެ ކޮމެޓީތަކުގެ އިންތިހާބްގައިވެސް ޔަޝްފާ ކުރިމަތިލާން ޖެހުނީ ބޮޑު ނާކާބީޔާބީއަކާއެވެ.

” އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭ ޔަޝްފާ އެޑްވައިޒަރަކަށް ޢައްޔަން ކުރީމަ. އެޑްވައިޒަރުންނަކީ އިދާރީ މަސައްކަތް ކުރާ ބައެއް ނޫން. ސިޔާސީ ތަޖުރިބާކާރުންނަށް އެކަން ކުރެވޭނީ. މީބޮޑު ޖޯކެއް ” ޖޭޕީގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

ކޮންމެއަކަސް، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީގެ މަޤާމަށް ޢައްޔަންކުރެއްވި އިލްހާމް އަޙުމަދާއި، ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި، ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދާއި، ރިޔާޒް ރަޝީދު،ޑޮކްޓަރ އާމާލް، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު މެން ފަދަ ބޭފުޅުންއާއި ދޭތެރޭ ބަޔަކު ސުވާލެއް ނުއުފައްދާނެއެވެ.

” ބައެއްގެ ނުފޫޒުން ޕާޓީގެ އެޑްވައިޒެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް މުޅި ޕާޓީން ބަލައިގަނެފައިވާ އަސާސީ ޝަރުތުވެސް ހަމަނުވާ ބޭފުޅަކު ލީޑަރަށް ލަފާ އަރުވަން ޢައްޔަން ކުރުމަކީ ވަރަށް ދެރަކަމެއް. މިކަމާއި ގުޅިގެން ޕާޓީތެރެ ހޫނުވެއްޖެ. އެންމެންތިބީ ރުޅިގަދަވެފަ. ލީޑަރ އަށް ޔަޝްފާގެ ފެންވަރު އެގޭނަމަ މިކަން ނުކުރައްވާނެ. ބަޔަކު އޮޅުވާލީހެން ހީވަނީ. ” ޖޭޕީގެ ކައުންސިލް އަންހެން މެމްބަރަކު ކިޔައި ދިނެވެ.

2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީން ވަނީ އިއުލާންކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close