ޚަބަރު

“އެއަރޕޯޓް ހެލްތް އެކްރެޑިޓޭޝަން” ވީއައިއޭއަށް ލިބިއްޖެ

“އެއަރޕޯޓް ހެލްތް އެކްރެޑިޓޭޝަން” ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބިއްޖެއެވެ. މިއީ ބައިނަލްއަޤްވާމީ ކައުންސިލްއެއްކަމަށްވާ އެއަރޕޯޓް ކައުންސިލް އިންޓަރނޭޝަނަލްއިން ދޭ ދަތުރުކުރުން ރައްކާތެރި އެއަރޕޯޓެއްކަމަށް ކަމަށް ކަނޑައެޅުމަށްފަހު ދޭ މިންކުރުމުގެ ސެޓްފިކެޓެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިއާ ޕެސިފިކް ރީޖަންގައި މިމިންކުރުން ލިބުނު 2 ވަނަ އެއަރޕޯޓެވެ.

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު ރާއްޖޭގައި އެންމެ ފުރަތަމަ އަޅަން ފަށާފައިވަނީވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ. އެއަރޕޯޓްގެ ރައްކާތެރިކަން މިންކުރުމުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެއަރޕޯޓް ޑިސްއިންފެކްޓްކޮށް ސާފުކޮށް ބޭއްވުމަށް ކުރާ މަސައްކަތްތަކާއި، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކަށްވަނީ ބަލާފައެވެ. އަދި ޚިދުމަތްދިނުމުގައި އެއަޕޯޓްގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅަފައިވާ ފިޔަވަޅުތަކާއި، އެއަރޕޯޓުުން ޚިދުމަތް ހޯދާ މީހުންނަށް ޚިދުމަތްދިނުމުގައި ޢަމަލުކުރާ ގޮތްކަށްވެސްވަނީ ބަލާފައެވެ.

އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވީ މި ސެޓްފިކެޓާއެކު ރާއްޖެއަކީ ކޯވިޑް-19އިން ރައްކާތެރި ޤައިމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތައްވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަމަށެވެ. އަދި ރާއްޖޭގެ އެއަރޕޯޓްގެ ޚިދުމަތަށް، ޚިދުމަތްހޯދާ މީހުންގެ އިތުބާރު ބޮޑުވެގެންދާނެކަމަށާ، މިއާއެކު ރާއްޖެއަށް މީހުން ޒިޔާރަތްކުރާ މިންވަރު އިތުރުވެ އިޤްތިޞާދަށްވެސް އޭގެ އެދެވޭ އަސަރުކުރާނެކަމަށްވަނީ އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close