ކޮވިޑް ކޮންޓްރޯލެއް ނުވޭ، މިއަދުވެސް 119 މީހުން ޕޮޒިޓިވް ވެއްޖެ
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްނުވެ މިއަދުވެސް 119 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
ރޭ އިރުއޮއްސި 18:00އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީންނެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 6779އަށް އަރާފައެވެ.
މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިބިކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެގެން މިވަގުތު ފަރުވާދެމުން އަންނަީ 2531 މީހަކަށެވެ. އެއީ 1968 ދިވެހިންނާއި، 563 ބިދޭސީންނެވެ.



