ޚަބަރު

މަސްތުވާތަކެއްޗާއެކު ދިވެހި އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރެވުނު އަންހެނާގެ އުމުރަކީ 26 އަހަރެވެ. އެ އަންހެންމީހާގެ އަތުން ފުލުހުން ހިފަހައްޓާފައިވަނީ ބަނގުރަލާއި އެތެރެކުރުން މަނާ މަސްތުވާތަކެއްޗެވެ.

އެގޮތުން އެ އަންހެނާގެ މައްސަލަ މިއަދު ދިވެހިރާއްޖޭގެ ކްރިމިނަލްކޯޓުގައި ބަލާފައިވާއިރު، އެ އަންހެނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވަނީ 20 ދުވަހުގެ މުހުލަތެކެވެ.

ކްރިމިނަލް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގެ ހެއްކަށް ބަލައިލާއިރު އެ އަންހެނާއަކީ މަސްތުވާތަކެތި ވިއްކުމުގައި ހަރަކާތްތެރިވާ އަންހެނެއްކަމަށް ލަފާކުރެވެއެވެ. އެގޮތުން، އެ އަންހެން މީހާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތީގެ ބަރުދަން ބަލައި ކިރުމަށް ހާއްސަ އާލަތްތައް ހުރިކަން ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ހެކީގައި ބަޔާންކޮށްފައިވެއެވެ.

އެ އަންހެނާ ފުލުހުންގެ ހައްޔަރަށް ގެންގޮސް، ނަގާފައިވާ ކުޑަކަމުދާ ތަކެތީގެ ޓެސްޓުން އެ އަންހެނާ މަސްތުވާ ތަކެތި ބޭނުންކުރާކަމަށް ފައްސިވެފައިވާކަން ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އަދި މީގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތުގެ ކޮޓަރިން ފުލުހުން އަތުލާފައިވާ މަސްތުވާ ތަކެތީގެ ތެރޭގައި 317،8395 ގްރާމް ކެނެބިސް ފެނިފައިވާކަމަށާއި އެ ކޮޓަރީގައި މަސްތުވާ ތަކެތި ޕެކްކޮށްފައި ހުރިކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ. އެހެންކަމުން އެ މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުން އިތުރަށް ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން އެހެން ފަރާތެއްވެސް ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާކަމަށެވެ. އަދި މި އަންހެނާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ އަންހެނަކަށްވީއިރު މި މައްސަލައިގައި އޭނާ ބުނަމުންދަނީ އޭނާގެ ކޮޓަރިން ފެނުނު މަސްތުވާ ތަކެއްޗަކީ އޭނާގެ އެއްޗެއްސެއް ނޫންކަމަށެވެ.

އަދި، ކްރިމިނަލް ކޯޓުގައި އަންހެނާގެ ދިފާއުއަށް ބުނެފައިވަނީ، އެ މަަސްތުވާ ތަކެތީގައި އޭނާގެ ފިންގަރ ޕްރިންޓް ފެންނަން ނެތްކަމަށާއި، އެ ތަކެއްޗަކީ އޭނާ ދިރިއުޅޭ ތަނަށް ނުވުމުން އެއީ އޭނާގެ ހިޔާޒަތުދަށުގައި ހުރި ތަކެތި ނޫންކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close