ޚަބަރު

ހޯމްކަރަންޓީނަށް ގެންދިޔަ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ

ހޯމް ކަރަންޓީންވުމަށް ރަށަށް ދިޔަ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަމުން ދާމަކަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އދ މަންދޫ ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހްއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މީނާއަކީ ހޯމްކަރަންޓީނަށް އެރަށަށް ދަތުރުކުރަމުން ދިޔަ ޒުވާނެއްކަމަށެވެ. އަދި މިނާ ދޯނީގައި ނެތްކަން އެނގުނީ މާލެއިން ފުރައިގެން ގޮސް މާންދޫ ފަޅަށް ވަދެ ފާލަމާ ކައިރިކުރި ފަހުންކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލީ އެމްއެންޑީއެފުން ވިދާޅުވެއެވެ. އެހެންނަމަވެސް އެ ރަށުގެ ނެރުން ދޯނި ވަން އިރުވެސް އެނާ ދޯނީގައި ހުރިކަމަށްވެސް ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ޒުވާނާ ދޯނީގައި ނެތްކަން އެނގިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ދަންވަރު 02:10 އެހާކަންހާއިރުކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އޭގެ ގަޑިރެއްހާއިރު ކުރިންކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ ކޯސްޓްގާޑުން ވިދާޅުވެއެވެ.

މި ޒުވާނާ މީނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ. މީނާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ ކުރަމުންނެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ. އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ކޯސްޓްގާޑުން އެދިވަޑައިގަންނަވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close