ޚަބަރު

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޢަދަދު 925 އަށް އަރައިފި

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މިހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޢަދަދު 925 އަށް އަރައިފިކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރެޔާހަމައަށް އިތުރު 98 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 925 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

މިމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެންއީއޯސީން މިހާރުވަނީ ދިފާއީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށްހަދާ ޕީސީއާރު ޓެސްޓު ނުހަދާގޮތަށް ނިންމާފައެވެ. ރާއްޖޭގައި ކުރިން ކޯވިޑް-19 ޖެހޭ މީހުން ދޫކޮށްލަނީ ބަލިން ރަނގަޅުވުމަށްފަހު ޕީސީއާރު ޓެސްޓްހަދައި އެމީހަކު ދެފަހަރަށް ނެގެޓިވްވުމުންނެވެ.

ކޯވިޑް-19 އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންސްވެސް ހުމުގެ އަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތުތަކަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. މިމަހުގެ މިހާތަނަށް ރައްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 925 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިމިހުގެ މިހާތަނަށް ރަނގަޅުވި މީހުންގެ ޢަދަދު

1 ޖޫން 2020 ގައި 3 މީހަކު ވަނީ ރަނގަޅުވެފަ

2 ޖޫން 2020 ގައި 37 މީހަކު ވަނީ ރަނގަޅުވެފަ

3 ޖޫން 2020 ގައި 36 މީހަކު ވަނީ ރަނގަޅުވެފަ

4 ޖޫން 2020 ގައި 4 މީހަކު ވަނީ ރަނގަޅުވެފަ

5 ޖޫން 2020 ގައި 69 މީހަކު ވަނީ ރަނގަޅުވެފަ

6 ޖޫން 2020 ގައި 46 މީހަކު ވަނީ ރަނގަޅުވެފަ

7 ޖޫން 2020 ގައި 64 މީހަކު ވަނީ ރަނގަޅުވެފަ

8 ޖޫން 2020 ގައި 98 މީހަކު ވަނީ ރަނގަޅުވެފަ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ އިންސައްތަ މިހާރު ވަނީ 48 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި މިހާރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close