ޚަބަރު

މީހުން ބެލެހެއްޓުމުގައި އުޅޭ ފަރާތްތަކަށް ވެކްސިންޖެހުމުގެ ފުރުޞަތު ހުޅުވާލައިފި

ޢުމުރުން ދުވަސްވީ މީހުންނަށާއި ބައްޔެއް ނުވަތަ ނުކުޅުދުންތެރިކަމެއްގެ ސަބަބުން އެނދުމަތިކުރެވިފައިވާ މީހުން ބެލެހެއްޓުމުގައި

އުޅޭ މީހުން ކޯވިޑް-19 ވެކްސިން ޖެހުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދިދެންމެއަކު ކުރެއްވި އިޢުލާނެއްގައިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ބައްޔެއް ނުވަތަ ނުކުޅުދުންތެރިކަމެއްގެ ސަބަބުން އެނދުމަތިކުރެވިފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުން ކޯވިޑް-19 ވެކްސިން ޖެހުމަށް އެ އޭޖެންސީއިން ބާރު އަޅުއްވާ ކަމުގައެވެ.

އަދި މި ވަގުތު މާލެ ސަރަޙައްދުގައި ދިރިއުޅޭ އެފަދަ މީހުންނަށް ވެކް ސިން ޖެހުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށާއި، ވީމާ،

ތިރީގައިވާ ވެކްސިން ސެންޓަރ ތަކަށް ގޮސް މައުލޫމާތުދީ ވެކްސިން ލިބިގަނެވޭނެކަމުގައި ވިދާޅުވެފައިވެއެވެ.

ސޯޝަލް ސެންޓަރ 9:00 ން 16:30 އަށް

އިސްލާމީ މަރުކަޒު 9:00 ން 16:30 އަށް

ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ 9:00 ން 16:30 އަށް

ވިލިމާލެ ޔޫތު ސެންޓަރ 9:00 ން 13:00 އަށް

https://covid19.health.gov.mv/wp-content/uploads/2021/02/Iulaan-1.pdf

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close