ޚަބަރު

ރާއްޖެއިން އިތުރު 42 މީހުންނާއެކު މިއަދުގެ މިހާތަނަށް 86 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 42 މީހުންނާއެކު މިއަދުގެ މިހާތަނަށް ކޯވިޑްއަށް 86 މީހަކު ޕޮޒިޓިވް ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އަލަށް ފެނުނު 42 މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސެކާއި 28 ބަންގްލަދޭޝް މީހުންނާއި 13 އިންޑިއާ މީހުންނެވެ. އަލަށް ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 1633 އަށް އެރީއެވެ. އަދި މިއަދު ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 86 އަށް އެރީއެވެ.

ރާއްޖެއިން މިހާތަނަށް 1633 މީހަކަށް ކޯވިޑް ޖެހިފައިވާއިރު، އޭގެތެރެއިން 242 މީހަކު ވަނީ ރަނގަޅުވެފައެވެ. ބަލީގައި މަރުވެފައިވަނީ 5 މީހުންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 555 މީހުންނަކީ ދިވެހިންނެވެ. 1078 މީހުންނަކީ ދިވެހިންނެވެ. ބީދޭސިންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭސް ރައްޔިތުންނެވެ. އެޤައުމަށް ނިސްބަތްވާ 863 މީހަކުވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މި ބަލި ޖެހުނު މީހުނގެ އުމުރު ފުރައަށް ބަލާލާއިރު ދިހަ އަހަރުން ދަށުގެ 51 ކުއްޖަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 80 އަހަރުން މަތީގެ 7 މީހަކުވެސް މި ބައްޔަށްވަނީ ޕޮޒިޓިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close