ޚަބަރު

ކޯވިޑް ބަލީގައި ރޭ ނިޔާވި މީހާއަކީ، ވަރަށް ގިނަ ބަލިތައް ތަހަމައްމަލުކުރަމުން ދިޔަމީހެއް – ޑޮކްޓަރުން

ކޯވިޑް-19 ބަލީގައި ރޭ ނިޔާވި ޢުމުރުން ދުވަސްވީ މީހާއަކީ، ވަރަށް ގިނަ ބަލިތައް ތަހަމައްމަލުކުރަމުންދިޔަ މީހެއްކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ހާމަކުރައްވައިފިއެވެ. ޑޮކްޓަރުން ވިދާޅުވިގޮތުގައި އޭނާއަކީ މީގެކުރިން ސްޓްރޯކެއްޖެހި 2 އަހަރުދުވަސް ވަންދެން އެނދުގައި އޮތް މީހެއްކަމަށެވެ. އަދި އެ މީހާއަކީ ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުންފަދަ ބަލިތަކަށް ބޭސްކުރި މީހެއްކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކާއެއްޗެހި ދާ ހޮޅީގެ މައްސަލަތަކެއްވެސް ދިމާވެ އެތައް ފަހަރަކު ނިއުމޯނިއާވެސް މި މިހާއަށް ޖެހިފައިވާކަންވެސް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.

އެމީހާއަކީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ އެބަލީގައި ނިޔާވި ތިންވަނަ މީހާއެވެ. އެމީހާގެ ޖަނާޒާ މިއަދު ބާއްވާފައިވާއިރު މި މީހާ ވަޅުލާފައިވަނީ ހުޅުމާލެ ސަހަރާގައެވެ. ނިޔާވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް ކޮށްފައިވަނީ އެމްއެންޑީއެފްގެ ފިރިހެން ސިފައިންނެވެ.

މީގެ ކުރިން މިބަލީގައި ނިޔާވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނަކާއި، 33 އަހަރުގެ ބަނގްލަދޭޝްގެ މީހެކެވެ. މިވަގުތުވެސް އައިޖީއެމްއެޗްގައި 5 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 2 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި އަނެއް މީހާއަށް އޮކްސިޖަން ދެމުންދާއިރު ދެންތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close