ޚަބަރު

ކޮވިޑް-19 ރާއްޖޭގައި އޮތްމިންވަރު ފޮރުވަން އެމްޑީޕީން މަސައްކަތްކުރާކަމަށް ޝިޔާމް ވިދާޅުވެއްޖެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަދި ރާއްޖޭންވެސް އެބައްޔަކަށް މިހާތަނަށް 6 މީހަކު ޕޮޒިޓިވް ވެފައިވާ ކޮވިޑް-19 ނުވަތަ ކޮރޯނާ ގެ ކަންތައް ރާއްޖޭގެ އޮތްމިންވަރު ފޮރުވަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ކޮވިޑް-19 ގެ ބިރުވެރިކަން ދުނިޔެއަށް އޮތް އިރު، ރާއްޖޭގައި އެތައް ރައްޔިތަކު މިކަމުގެ ކަންބޮޑުވުމުގެ ތެރޭގައި އެބަތިބި ކަމަށެވެ. އެކަމަކު، މިއަދު ފެންނަމުންދާ މަންޒަކީ ވެރިކަން ކުރާ އެމްޑީޕީން މިކަމަކީ ރާއްޖޭގައި ނެތް ކަމެއް ކަމަށް ނުވަތަ މިކަމުގެ ސީރިއަސް ކަމެއް ނެތް ކަމަށް ދައްކާ މަންޒަރު ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

“އަޅުގަނޑު އެމްޑީޕީ އަށް ގޮވާލަން، ސިޔާސީ ޒިންމާދާރު ޕާޓީއަކަށް އެމްޑީޕީ ވާން،” ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންނާ ގުޅުން ހުރި މިކަހަލަ ސީރިއަސް ކަންތައްތައް އޮޅުވާލުމުގެ ބަދަލުގައި ރައްޔިތުންނަށް އެކަމުގައި އޮތް ބިރުވެރިކަމާއި ނުރައްކާތެރިކަން ވީހާވެސް ރަނގަޅަށް ހާމަކޮށްދިނުމުގައި އެމްޑީޕީން ޒިންމާ ނަގަން ޝިޔާމް ގޮވާލެއްވިއެވެ.

ކޮރޯނާ ވައިރަސްގެ ވަބާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ކުރިމަތިލާން ޖެހިފައިވާ އިރު، އެއީ އެ އިންޑަސްޓްރީ އަށް ލިބޭނެ ބޮޑު ގެއްލުމަކަށްވާނެއެވެ. އެކަމަކު ޓޫރިޒަމް މިނިސްޓަރާއި މުޅި ސަރުކާރުގެ އުއްމީދުތައް ހުރީ މާ މަތީގައެވެ. ގޮންޖެހުމުން އަރައިގަނެވޭނެ ކަމަށް ސަރުކާރު ގަބޫލުކުރެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އޮތީ ވަރަށް ބޮޑަށް މިކަމަށް ތައްޔާރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close