ފުލުހުންނަށް ޝަހިންދާ ރައްދުދީފި
މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި ދީނާއި ހިލާފު ކަންކަން ހުރިކަން ފުލުހުން ޔޫތް މިނިސްޓްރީ އަށް ހުށަހެޅުމާއި ގުޅިގެން އެޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއިލު ފުލުހުންނަށް ރައްދުދީފިއެވެ.
ޝަހިންދާ ފުލުހުންނަށް ރައްދުދީ ކޮށްފައިވާ ޓްވީޓުގައި ސުވާލުކޮށްފައިވަނީ އެރިޕޯޓު ލިޔެފައިވާ މީހުންގެ ހިތުނިޔަތްވެސް ޔޫތް މިނިސްޓްރީއަށް ހުށަހެޅިންތޯ އެވެ. އަދި އެމައްސަލަ ބަލާނަމަ ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ދައްކަވާފައިވާ ވާހަކަފުޅެއްވެސް ތަހުގީގު ކުރަން ޖެހޭ ކަމަށް އޭނާގެ ޓްވީޓްގައި ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އެރިޕޯޓުގެ އިލްމީ ތަހުގީގެއް ކޮށް އެރިޕޯޓުގައި އިސްލާމް ދީނާއި ހިލާފުކަންކަން ހުރިކަން ޔޫތް މިނިސްޓްރީ އަށް ހުށަހަޅާފައެވެ.
ޔޫތުމިނިސްޓްރީއަށް ފުލުހުންގެ ފަރާތުން އެކަން ހުށަހެޅިކަން ފުލުހުން ރޭ ވަނީ ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ޢާއްމުކުރައްވާފައެވެ.
