މިއަހަރު ފިޠުރުޒަކާތުގެ ގޮތުގައި 5.6 މިލިއަނަށްވުރެ ގިނަރުފިޔާ ލިބިފައިވޭ – އިސްލާމިކް މިނިސްޓްރީ
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 5.6 މިލިއަނަށް ވުރެ ރުފިޔާ ލިބިފައިވާކަމަށައި، އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 1.3 މިލިއަން ރުފިޔާ އިތުރު އަދަދެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރި ފަރާތްތަކަށް ބޮލަކަށް 5000 ރުފިޔާ ފިޠުރު ޒަކާތުގެ ގޮތުގައި ބަހާފައިވެއެވެ.
އަތޮޅުތެރޭގެރައްތަކާއި، މާލޭގައި ފިޠުރު ޒަކާތް ބަހަން ފެށީ ރަމަޟާންމަހުގެ 29 ވަނަދުވަހުއެވެ. މާލޭ ސަރަހައްދުން 1000 ވުރެ ގިނަ މީހުން ވަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. މި ފަހަރު ފިޠުރު ޒަކާތް ދޫކުރީ މި އަހަރު އަލަށް އެކުލަވާލި ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކަށެވެ.
ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީވި އަދަދު އިސްލާމިކް މިނިސްޓްރީން އަދި އާއްމެއް ނުކުރެއެވެ. މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި 1600 އަށްވުރެ މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.
ބައެއް ރަށްރަށުގައި ފަޤީރުން ނެތިގެން އެރަށްރަށުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ކައިރި ރައްތަކަށް ފޮނުވާފައިވެއެވެ.

އެއްމެ ފަގީރު ސިޔާސީ މީހުންނާއި އެމީހުންގެ އާއިލާއާއި ރައްޓެހިންގެ ބޭނުންތައް ފުއްދަން ފިނޭންސް މިނިސްޓްރީ އާއި ހަވާލުކޮށްގެން އަވަހަށް ބަހާ ހުސްކޮއްލާ.