ދީން

ރޯދަ ޤަޟާކުރުން ޖެހިގެން އަންނަ ރަމަޟާންމަހަށް ވުރެ ފަސްކުރުމުގެ ޙުކުމަކީ ކޮބައި ؟

ޖަވާބު: އައްޝައިޚް އިބްނު ބާޒް

ދަތުރުގެ ސަބަބުން ނުވަތަ ބަލިވުން އަދި އެނޫންވެސް ޝަރުޢީ ސަބަބަކާއި ހެދި ރޯދައެއް ދޫކޮށްލާ މީހާ، ޖެހިގެން އަންނަ ރަމަޟާން މަސް އައުމުގެ ކުރިން އެ ރޯދަ ހިފައި ހަމަ ކުރަންޖެހޭނެއެވެ.

ޖެހިގެން އަންނަ ރަމަޟާން މަސް އަންނަ އިރުވެސް އުޒުރަކާއި ނުލައި ރޯދަ ޤަޟާ ނުކުރުން އެއީ ފާފަވެރިވާނެ ކަމެކެވެ. އަދި އެމީހަކު އެ ރޯދަ ޤަޟާ ކުރުމާއެކު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދޭން ޖެހޭނެއެވެ.

ނޯޓް: މި މައްސަލާގައި ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައި އޮންނަނީ އުޒުރަކާއި ނުލައި ލަސް ކުރިއަސް ޖެހޭނީ ހަމައެކަނި ޤަޟާ ކުރަން ކަމަށެވެ. ކާން ދޭން ނުޖެހޭނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close