ދީން

ޙޫރުލްޢީނުން (ތިންވަނަބައި) – ޙޫރުންގެ މައްޗަށް ދުނިޔޭގެ އަންހެނުންނަށް ސުވަރުގޭގައި ލިބިގެންވާ މާތްކަމާއި މަތިވެރިކަން

عن أم سلمة رضي الله عنها قالت: قلت: ” يا رسول الله أنساء الدنيا أفضل أم الحور العين؟ قال: بل نساء الدنيا أفضل من الحور العين، كفضل الظهارة على البطانة. قلت: يا رسول الله بماذا؟ قال: بصلاتهنَّ وصيامهنَّ وعبادتهنَّ الله، ألبس الله وجوههنَّ النور، وأجسادهنَّ الحرير، بيض الألوان، خضر الثياب، صفراء الحلي، مجامرهنَّ الدر، وأمشاطهنَّ الذهب، يقلن: نحن الخالدات فلا نموت ونحن الناعمات فلا نبأس ونحن المقيمات فلا نظعن أبدًا، ألا ونحن الراضيات فلا نسخط أبدًا، طوبى لمن كنا له وكان له ” (قال الهيثمي رحمه الله: رواه الطبراني في الكبير والأوسط وفي إسنادها سليمان بن أبي كريمة وهو ضعيف – المجمع: 10/418)

މާނައީ ” އުއްމު ސަލަމާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. އަހުރެން (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ) އަށް ދެންނެވީމެވެ. ” އޭ ﷲ ގެ ރަސޫލާއެވެ! މަތިވެރި މާތްވެގެންވަނީ ދުނިޔޭގެ އަންހެނުންތޯއެވެ؟ ނުވަތަ ޙޫރުލްޢީނުން ތޯއެވެ! ޙަދީޘް ކުރެއްވިއެވެ. ” ޙޫރުލްޢީނުންނަށްވުރެ ދުނިޔޭގެ އަންހެނުން މާތްވެފައި މަތިވެރިވެގެންވަނީ، (ހެދުމުގެ) ބޭރުފަތި އެތެރެފައްޗަށްވުރެ، މޮޅުވެ މަތިވެރިވެގެންވާ ފަދައިންނެވެ.” އަހުރެން ދެންނެވީމެވެ. ” އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮންކަމުންތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “އެކަނބަލުންގެ ނަމާދާއި، ރޯދައާއި، އަޅުކަމުގެ ސަބަބުންނެވެ. ﷲ ތަޢާލާ، އެކަނބަލުންގެ މޫނު ތަކުގައި ނޫރުލައްވާ، ހަށިތަކުގައި ފަށުވި ފޭރާން ލައްވާނެތެވެ. ހުދު ދޮންކުލައިގެ ހަށިގަނޑެއް ލިބިފައިވާ، ފެހި ކުލައިގެ ފޭރާންލެވިފައިވާ، ރީނދޫކުލައިގެ ގަހަނާއިން ގަހަނާ އެޅިފައިވާނެތެވެ. އެކަނބަލުންގެ ހުވަނދު ފުޅިތައް ވާހުށީ މުތްތަކުންނެވެ. ފުނާތައް ވާހުށީ ރަނުންނެވެ. އެކަނބަލުން ބުނާނެތެވެ. ” އަހަރެމެންނަކީ އަބަދަށް ދެމިގެންވާ، މަރުނުވާނެ އަންހެނުންނެވެ. އަދި އަހަރެމެންނަކީ އަރާމާއި ނިޢުމަތްތައް ލިބިގެންވާ، އުނދަގުލެއް ދައްޗެއް އުފުލަން ނުޖެހޭ އަންހެނުންނެވެ. އަދި އަހަރެމެންނަކީ، މިތަނުގައި ޤާއިމުވެ ތިބޭނޭ، މިތަން ދޫނުކުރާނޭ އަންހެނުންނެވެ. ދަންނާށެވެ. އަދި އަހަރެމެންނަކީ ރުހިގެންވާ، ދެރަވުމެއް، ރުޅިވެރިވުމެއްނުވާ އަންހެނުންނެވެ. ފަހެ، އަހަރެމެން އެމީހަކަށްވާ އަދި އަހަރެމެންނަށްވާ މީހަކަށް އުފާވެރިކަން ހުއްޓެވެ.” (ޠަބަރާނީ)

ﷲ ތަޢާލާ ދުނިޔޭގެ އަންހެނުން، ޙޫރުންނަށްވުރެ ބުރުޞޫރަ ރީތިކުރައްވާ ލޯބިކުރައްވާނެއެވެ. މި ލިޔުމުގައި ‘ޖަންނަތުގެ އަންހެނުން’ ޛިކުރު ކުރެވިއްޖިއްޔާ، އޭގައި ޙޫރުންނާއި ދުނިޔޭގެ އަންހެނުން ހިމެނުން އެކަށީގެންވެއެވެ.

(ނުނިމޭ)

މި ލިޔުމުގެ ފުރަތަމަބައި ކިޔާލުމަށް

މި ލިޔުމުގެ ދެވަނަބައި ކިޔާލުމަށް

މިވެސް ބަލާ
Close