ވާހަކަ

ސަނަމް

ސަނަމް ސްކޫލަށް ދާން ތައްޔާރުވަނީއެވެ. މަންމަ ސައިތައްޔާރު ކުރަނީއެވެ. ސަނަމް އަކީ މަންމަގެ ބަސްއަހާ މޮޅު ކުއްޖެކެވެ. ސާފުތާހިރުކޮށް ހުރިހާ ކަމެއް ކުރުމަށް ލޯބިކުރާ ކުއްޖެކެވެ. ސަނަމް މަންމަ އާއިއެކު ސްކޫލަށް ދިޔައެވެ. ކުލާހަށް ވަނުމުގެ ކުރިން ސަނަމް ސަލާމް ގޮވާލިއެވެ. އާންޓީ ވަރަށް އުފާވެފައި ހުރެ ސަލާމް ބަލައިގަތެވެ. އާންޓީ ފިލާވަޅު ފެށިއެވެ. ސާފުތާހިރުކަމުގެ ގޮތުން ބޭނުންކުރާ ތަކެތި ކުރަހަން ހަވާލުކޮށްފިއެވެ. ސަނަމް ކުރެހީ ސައިބޯންޏަކާއި ސެންޓްފުޅިއެކެވެ. ކުރަހާ ނިމުމުން ކުލަޖައްސަން ހުރިހާ ކުދިން ތައްޔާރުވިއެވެ. އެކަމަކު ސަނަމް އެކުވެރި ސަނާގެ އަތުގައި ކުލަފަންސޫރެއް ނެތެވެ. ސަނަމް އޭނާގެ އަތުގައި އޮތް ފަންސޫރު ސަނާއަށް ދީގެން ދެކުދިން ކުލަޖައްސާ ނިންމާލިއެވެ. އާންޓީ ހުރިހާ ކުދިންގެ ކުރެހުންތައް ބަލާފައި އެންމެ ރީތި ކުރެހުމެއް ނެގިއެވެ. އަދި ބުންޏެވެ. “އެންމެރީތިކޮށް ކުރަހާފައި މިއޮތީ ސަނަމް” ސަނަމް އާންޓީއަށް ޝުކުރު އަދާކުރިއެވެ. މަންމަ އައުމުން ސަނަމް ކުރަހާފޮތް ދެއްކިއެވެ. މަންމަ ވަރަށް އުފާވިއެވެ. (ނިމުނީ)

ޢިބްރަތް: ރީތި އާދަތަކަށް ލޯބިކުރާ ނަމަ، ހުރިހާ ކަމެއް ކާމިޔާބުވާނެއެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close