ވާހަކަ

އަލިފުން – އަސް

(ކުޑަކުދިންގެ ވާހަކަ32 )

އިރު އެރުމާއެކު މުޅި ދުނިޔެ އަލިވާން ފަށައިފިއެވެ. އެއީ ޢީދު ދުވަހެވެ. ޢަލީއާއި އަޙްމަދު ޢީދު ނަމާދުކޮށް ނިމިގެން އެކުވެރިންނާއި ސަލާމްކުރިއެވެ. ގެއަށް އައިސް ހެނދުނުގެ ސައިބުޔެވެ. އަލަނާސި ފަންޏާއި އަނބުފަންޏާއި އަދި އަތަ ފަނިވެސް ގިރާފައި ހުއްޓެވެ. މަންމަ ހުރީ އަލުވި ބޯކިބާ އަޅާފައެވެ. މަންމަ އުޅެނީ ބޮޑުދައިތަމެންނަށް ފޮނުވާނެ ޢީދު ހަދިޔާ ތައްޔާރުކުރާށެވެ. މިހާރު އަލަ ތެލުލައިފިއެވެ. އަދި އަހިވައް ކޮޅަކާއި އަތައާއި އަންނާރުކޮޅެއް ލިބޭތޯ ދިޔައެވެ.

އަނިލް އާއި އާއިދުވެސް ޢީދުކުޅިވަރުތައް ކުޅުމުގައި ވަރަށް ފޯރީގައި އުޅުނެވެ. އިބްރާހީމް އާއި އާދަނުވެސް އެކުދިންނާއި އެކު ފެންޖެހުމުގައި ބައިވެރިވިއެވެ. ޢަލީގެ އައިނު ގެއްލުނީވެސް ޢީދު ދުވަހުއެވެ. ބޯޅަ ކުޅެން އުޅެނިކޮށް އަނިލް ވެއްޓި އަނގަމަތި ފެޅުނެވެ. އަނިލް ގެއަށް ދިއައީ ބޭސް އަޅާށެވެ. ދެން ބޯޅަކުޅެ ނިންމާފަ އެކުދިން ގުރޫޕް ހަދާފަ ދިޔައީ މޫދަށް އެރޭށެވެ. ގޮނޑުދޮށުގައި ވަރަށް ގިނަ އަކިރި ލައްގާފައި ހުއްޓެވެ. މޫދަށް އެރިއުޅުމުގެ ތެރޭގައި ޢަލީއަށް ކުޑަ އިއްސެއް ފެނުނެވެ. އަލީއަށް އިހި ހިފަން ނުކެރުމުން އަންގިއެއް އަތަށް ލެއްވިއެވެ. އޭގެ އެއް އިނގިލި އިނީ ހަލާކުވެފައެވެ. އަލީއަކަށް އިއްސެއް ނުހިފުނެވެ. އެސޮރު މުރަކަތަކުގެ ތެރެއަށް ވަދެ ފިލީއެވެ. އޭރު ފަޅުގައި އޮޑިފަހަރު އަޅާފައި އޮތެވެ.

ގުޅުންހުރި ލިޔުންތައް

އިރުއޮއްސި އަނދިރިވެއްޖެއެވެ. ކުއްލިއަކަށް ގެއިން ކަރަންޓް ކެނޑިއްޖެއެވެ. ޢަލީ އުއްބަތިއެއް ހޯދިއެވެ. އުއްބައްތި އޮތީ އެނދުކައިރީގައި ހުރި މޭޒު މަތީގައެވެ. އޭރު މަންމަ އުޅެނީ ބަދިގޭގަ އުނދުނުން އުއްބަތި ރޯކުރާށެވެ. ބައްޕަ އާދަނު އެވަގުތު ގެއަކު ނޫޅެއެވެ. ކުޑައިރުކޮޅަކުން ކަރަންޓް އައެވެ. ޢަލީގެ ކޮއްކޮ އާލާ ކާޓޫން ބަލަން ބޭނުންވިއެވެ. އާލާ އެންމެ ގަޔާވަނީ އެތަކާއި އަހެއް އުޅޭ ކާޓުނު ބަލާށެވެ. ބައްޕަ މަސައްކަތް ނިންމާފަ ގެއަށް އައެވެ. އޭރު ބައްޕަ އަތުގައި އުދައްޔެއް އޮތެވެ. އަރައިގެން ހުރި އިސްޓާކީނު ހުރީ ހަޑިވެފައެވެ. އެތެރެއަށް ވަދެ އިސްކޫރުން އަތްފައި ދޮވެލިއެވެ. ޢަލީ އޭރު ހުރީ ސިޓިން ރޫމުގައި އާފަލެއް ކާށެވެ. އަތުގައި ބަސްކާޑުކޮޅެއް އޮތެވެ. އޭގައި އެޕްރީލް، އޮގަސްޓް، އޮކްޓޯބަރ، އަސްގާޑިޔާ، އިސްތަށިގަނޑު، އަދި އިތާމުތް ލިޔެފައި އޮތެވެ. އެއީ ޢީދު ބަންދަށް ދަސްކުރަން ދީފައިވާ ބަސްކާޑެވެ. (ނިމުނީ)

ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!

  1.  ޢީދު ނަމާދުކޮށް ނިމިގެން ޢަލީ އާއި އަޙްމަދު ކުރީ ކޮންކަމެއް؟
  2.     ޢަލީމެން ޢީދުދުވަހު ކުޅުނު ކުޅިވަރެއްގެ ނަން ލިޔޭ!
  3.     ޢަލީއަށް އިހި ނުހިފުނީ ކީއްވެ؟
  4.   ވާހަކަގައި ހުރި އަލިފު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
  5.     އަލީ އުއްބައްތި ހޯދީ ކީއްކުރަން ހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close