ޚަބަރު

އިބުރާ އާއި ދެކޮޅު ހަދަން މަންދު ކޮލެޖް ކައިރީ މަޑުކޮށްލި ތިން ޒުވާނުން ހައްޔަރުކޮށްފި

މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބުރާ) އިސްލާމްދީނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަައަށާއި އެކަލޭގެފާނުގެ ޞަހާބީންނަށް ފުރައްސާރަކޮށް ޓްވީޓްތައް ކުރަމުން ދާތީ އޭނާ އާއި ދެކޮޅު ހެދުމުގެ ގޮތުން ޞުލްޙަވެރިކަމާއެކު މަންދު ކޮލެޖް ކައިރީ މަޑުކޮށްލި ތިން ޒުވާނުން ހައްޔަރު ކޮށްފިއެވެ.

އެއްވެސް ވަރަކަށް އަޑު އުފުލުމެއް ނެތި މަންދު ކޮލެޖް ކައިރީ މަޑުކޮށްލި ތިން ޒުވާނުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން މިހާރު ވަނީ ގެންގޮސްފައިކަން ނާރެސް އަށް މަޢުލޫމާތު ލިބެއެވެ.

މި ތިން ޒުވާނުން ހައްޔަރުކޮށްގެން ގެންގޮސްފައިވާކަން މިހާރު ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުންވެސް ފެނިގެންދެއެވެ.

އިބުރާ ފަހަކަށް އައިސް ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިބުރާ އަށް އަމާޒުވެފައެވެ. އަދި އޭނާ އާއި މެދު ދައުލަތުގެ އިދާރާތަކުން ފިޔަވަޅު ނާޅާތީ ސަރުކާރަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close