ޚަބަރު

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު އަތުލައިގަތް މި ތަކެއްޗަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ “މެތަމްފެޓަމިން” ކަމަށް ކަސްޓަމްސް އިން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.

ކަސްޓަމްސް އިން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ މުއައްސަސާއިން މަޢުލޫމާތު ދީފައިވެއެވެ.

އެ އިދާރާއިން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށާއި، މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close