ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް 900 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 933 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުށަހެޅި 700 ފޯމާއެކު، ޖުމްލަ 1،633 ފޯމު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ވަނީ ލިބިފައެވެ.
އިސީން ބުނި ގޮތުގައި ކައުންސިލްތަކަށް ވާދަކުރުމަށް އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީތަކުންނެވެ. އެގޮތުން ޕާޓީތަކުން 750 ފޯމު ހުށަހަޅާފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރުމަށް 203 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. މީގެ ތެރެއިން ބައެއް ފޯމުތަކުގައި ޝަރުތު ހަމަނުވާ މައްސަލަތަކެއް ހުރުމުން، އެ ފަރާތްތަކަށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ވަނީ ދީފައެވެ.
މި މަހުގެ 17 ވަނަ ދުވަހު ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، އިލެކްޝަންސްގެ ޕޯޓަލް މެދުވެރިކޮށް ރަސްމީ ގަޑިތަކުގައި ފޯމު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 15:30 އަށް ފޯމު ބަލައިގަންނަމުންދާއިރު، ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 15:30 އިން ފެށިގެން އިރުއޮއްސި 18:00 އަށެވެ.


