ޚަބަރު

އިންތިހާބީ ސަކަރާތާއި ޖަގަޑާއަށް ފުރުސަތު ނުދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި ސިޔާސީ ސަކަރާތާއި ޖަގަޑާ ހެދުމުގެ ފުރުސަތު ނުދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ޕީއެންސީގެ މައި ޖަގަހައިގައި އިއްޔެ ހަވީރު ބޭއްވި ސައެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާ ސަރުކާރާ ދެމެދަށް ‘އިދިކީލި’ ވިސްނުންތަކެއް ވެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. މިއީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އަމާޒުކޮށް ދެއްކެވި ވާހަކަފުޅެކެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން އެދިވަޑައިގެންނެވީ، އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާ ދިމާކޮށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނާ ސަރުކާރާ ދެމެދު ހުރަސް އެޅޭގޮތަށް، ސިޔާސީ ސަކަރާތް ޖެހުމަށާއި، ސިޔާސީ ޖަގަޑާ ހެދުމަށް ފުރުސަތު ދީގެންނުވާނެއެވެ. ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހޮވަންވީ، ސަރުކާރު ރައްޔިތުންނާ އެކީ އޮތް އޮތުމަށް ބާރު އަޅައިދީ، ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދޭނެ ކެންޑިޑޭޓުންނެވެ. ގައުމުގެ ހަމަޖެހުމަށް ބުރޫ އަރުވައި، ސަރުކާރުން ކުރިއަށްގެންދަން ރާވާ ކަންކަމާއި، ތަރައްގީ މަޑުޖެއްސުން ފަދަ ކަންކަމަށް ރައްޔިތުން ޖާގަ ދީގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

އެމަނިކުފާނު އެދިވަޑައިގެންނެވީ، “އެކަމަށް ޖާގަ ނުދެއްވައި، ރައްޔިތުންނާއި އެކީގައި މި އޮތް ސަރުކާރު، ރައްޔިތުންނާއި އެކީގައި ހިތްވަރާއެކު ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާފައިވާ 1300 އަށްވުރެ ގިނަ ކެންޑިޑޭޓުން ހެޔޮހިތުން ބަލައިގަނެ”، އިންތިހާބުގައި ހޮއްވަވައިދެއްވުމަށެވެ. މިއީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close