ޚަބަރު

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބުކޮށްފި

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓު ތަމްސީލުކުރައްވާ މެންބަރަކަށް އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބުކޮށްފިއެވެ.

ޝަފީއު މި މަގާމަށް އިންތިހާބުކޮށްފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް މި މަހުގެ ނުވަ ވަނަ ދުވަހު ޝަރަފްވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ފަނޑިޔާރު ހަސަން ޝަފީއުއަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރައްވާފައިވާ، ގާނޫނީ ދާއިރާގެ މަތީ ތައުލީމު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2013 ވަނަ އަހަރު ފެމިލީ ކޯޓުގެ ގާޟީއެއްގެ ގޮތުގައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް 2020 އޮކްޓޫބަރު 4 ގައި އައްޔަންކުރެވުނު ޝަފީއު ވަނީ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައިވެސް އެއް އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close