ޚަބަރު

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ 344 ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި 350 ދަރިވަރުންނާއެކު ފެށި މި ތަމްރީނުތައް 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދިޔައެވެ.

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙު ހުރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ފެށުނު މަޝްރޫޢެކެވެ.

ތިން މަސްދުވަހުގެ މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތު، ދީނީ ތަޢުލީމް، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ ފަދަ މުހިންމު ދާއިރާތަކުން ދަރިވަރުންނަށް އުނގަންނައިދީފައިވެއެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް ހާއްސަކޮށްގެން ކަސްރަތާއި ހެވިކަމުގެ ތަމްރީނުތަކާއި، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި އަސްކަރީ ޙަރަކާތްތަކުގެ ތަޢާރަފެއް ވެސް ދެވިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close