ޚަބަރު

އަނބިމީހާ އާއެކު 42 އަންހެނުން މަރާލި ކެންޔާ މީހަކު ހައްޔަރުކޮށްފި

އަނބިމީހާ އާއެކު 42 އަންހެނުން މަރާލި ކެންޔާ މީހަކު ހައްޔަރުކޮށްފިއެވެ.

ކެންޔާގެ ނައިރޯބީގައި ހުންނަ ކުނިގޮނޑަކުން ފެނުނު އަންހެނުންގެ ހަށިގަނޑުތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާ ވަނީ 42 އަންހެނުން މަރާލިކަމަށް އިއުތިރާފުވެފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު 33 އަހަރުގެ ކޮލިންސް ޖުމައިސީ ކަލުޝާ ނަމަކަށް ކިޔާ މީހަކު 2022 އިން 2023 ގެ ޖުލައި 11 އާ ދެމެދު 42 އަންހެނުން މަރާލިކަމަށް ބުނެފައިވާކަމަށް ކެންޔާގެ ކުށްތައް ތަޙުޤީޤުކުރާ ޑިޕާޓްމަންޓުގެ ވެރިޔާ މުޙައްމަދު އަމީން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާ ވަނީ އޭނާމަރާލި ކޮންމެ މީހަކުވެސް ތަނަކަށް ގޮވައިގެން ގެންގޮސް މަރާލުމަށްފަހު ހަށިގަނޑު ކުދިކުދިކޮށް ކޮށައި ކުނިގޮނޑަށް އުކާލާފައިވާކަމަށް އިއުތިރާފުވެފައެވެ.

އޭނާ މަރާލި މީހުންގެ ތެރޭގައި އޭނާގެ އަނބިމީހާވެސް ހިމެނޭކަމަށް ބުނެފައިވާކަމަށް މުޙައްމަދު އަމީން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ފެށުނީ މުކުރު ސްލަމް އޭރިއާގައި ހުންނަ ކުނިގޮނޑަކުން ޕްލާސްޓިކް ކޮތަޅުތަކެއްގައި ބަންދުކޮށްފައި ހުރި 9 ހަށިގަނޑު ފެނުމާ ގުޅިގެންނެވެ.

މި މަންޒަރު ފެނުމުން ޤައުމު ވަނީ ސިހުމަކަށް ހުށަހެޅިފައެވެ. ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރެވުނީ ހޯމަ ދުވަހުގެ ފަތިހު 3:00 ހާއިރު، ނައިރޯބީގެ ބާއެއްގެ ކައިރިންނެވެ. އެވަގުތު އޭނާ ހުރީ ޔޫރޯ 2024 ގެ ފައިނަލް މެޗު ބަލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close