ބޭރުދުނިޔެ

އޫރެއްގެ ކިޑްނީ ފުރަތަމަ ފަހަރަށް އިންސާނަކަށް ޓްރާންސްޕްލާންޓް ކޮށްފި

ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ އިންސާނެއްގެ ހަށިގަނޑަށް ލައްވައިފިއެވެ.

ADS BY: VB
އެންބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޫރެއްގެ ކިޑްނީ އިންސާނަކަށް ލައްވާފައިވަނީ އެމެރިކާގެ މެސުޗުސެޓްސް ޖެނެރަލް ހޮސްޕިޓަލް (އެމްޖީއެޗް)ގައެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހޮނިހިިރު ހުވަހު 62 އަހަރުގެ ރިޗާޓް ސްލޭމެންގެ ކަމަށެވެ.

ރިޗާޓްއަކީ ކިޑްނީ ފެއިލް ވެގެން ޑައިލެސިސް ހަދަމުންދާތ ވަރަށް ގިނަ ދުވަސްވެފައިވާ މީހެއް ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އޮޕަރޭޝަން ކުރިއިރު ރިޗާޓް އޮތީ ކިޑްނީ ފެއިލްގެ އެންމެ ފަހު ސްޓޭޖްގައެވެ.

މެސުޗުސެޓްސް ހޮސްޕިޓަލަށް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަން ކުރުމުގެ ކުރިން އޫރުގެ ކިޑްނީގައި ހުންނަ އިންސާނުންނަށް ގެއްލުންދޭ މާއްދާ ނެގުމަށް ފަހު އިންސާނުންގެ ގައިގައި ހުންނަ ބައެއް މާއްދާތައް އެއަށް އިތުރު ކުރިއެެވެ.

ކިޑްނީ ޓްރާންސްޕްލާޓް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔައީ ހަތަރު ގަޑިއިރަށް ކަމަށާއި އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ރިޗާޓްގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފައި ވެެއެވެ.
މިއޮޕަރޭޝަނަކީ މީގެ ފަސް ދުވަސް ކުރިން ހިންގި އޮޕަރޭޝަނެކެވެ. މާސް ޖެނެރަލްގައި އަދިވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ނަމަވެސް ވިލިއަމްސް ބުނީ އޭނާގެ ޑޮކްޓަރުން އުއްމީދު ކުރަނީ މި ހަފުތާ ބަންދުގައި އޭނާ ގެއަށް ފޮނުވާލާނެ ކަމަށާއި އެއްވެސް ކޮމްޕްލިކޭޝަނެއް ދިމާނުވާ ކަމަށެވެ.

ހަށިގަނޑުގެ އެކި ގުނަވަންތައް ބަލިވެ ހަލާކުވުމުގެ ސަބަބުން ޓްރާންސްޕްލާޓް ލިސްޓުގައި ވަރަށް ގިނަ މީހުން ތިބެއެވެ. އާ ގުނަވަނެެއް ނުލެބީސް ގިނަ ބަޔަކު މަރު ވެސް ވެއެވެ.

އެމެރިކާގެ އޯގަން ޓްރާންސްޕްލާންޓް ސިސްޓަމް މެނޭޖްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް ނެޓްވޯކް ފޯ އޯގަން ޝެއަރިން އިން ބުނި ގޮތުގައި އެމެރިކާގައި އެއް ލައްކައަށް ވުރެ ގިނަ މީހުން ޓްރާންސްޕްލާންޓް ވެއިޓިން ލިސްޓުގައި އެބަތިއްބެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close