ޚަބަރު

އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 ދިވެއްސަކަށް އަނިޔާވެގެން އެޑްމިޓްކޮށްފި

އިންޑިއާގައި މަގެއްގައި ދުއްވަމުން އައި ދެ ކާރެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއްވެ, ހަސްފަތާލުގައި ފަރުވާދޭންފަށައިފިއެވެ.

އޮންލައިން ނޫސް ދިޔަރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވެ, ޒަޚަމްވީ އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު ދިވެހި 3 އަންހެނަކަަށެވެ. މިގޮތުން އުމުރުން 50 އަހަރާއި 54 އަހަރާއި 25 އަހަރުގެ. އަންހެނަކަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާއިރު, 54 އަހަރުގެ އަންހެންމީހާ އަދިވެސް ހޭނާރާ ކަމަށާއި, 50 އަހަރުގެ އަންހެންމީހާގެ ފައި ބިންދައިގެން ގޮސް, 25 އަހަރުގެ އަންހެންމީހާގެ މޫނަށް ބޮޑެތި ޒަހަމްތަކެއްވެ, ޕްލާސްޓިކް ސަރޖަރީކުރަން ޑޮކްޓަރ ލަފާދީފައިވާކަމަށް ވެއެވެ.

ރޭގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިންޑިއާގެ ކޮޗިންއާއި ޓްރިވެންޑްރަމްއާއި ދެމެދު އޮންނަ ހައިވޭއެއްގައެވެ. ދިވެހިން ތިބި ކާރުގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރު, ޔޫޓާން ނެގުމަށްފަހު ބާރުސްޕީޑުގައި އައިސް ދިވެހިން ދަތުރުކުރަމުންދިޔަ ކާރުގައި ޖެއްސުމުން ހިނގި މިއެކްސިޑެންޓް ހިނގީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close