ޚަބަރު

ވިސާގެ އެއްބަސްވުމެއްގައި އިންޑިޔާއާއި ރާއްޖެ ސޮއިކޮށްފި

ދިވެހި ދައުލަތުގެ އިސްބޭފުޅުންނަށް ޑިޕްލޮމެޓިކް ވިސާގެ ކަންކަމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި، ގުޅޭ އެއްބަސްވުމަކާއެކު 3 އެއްބަސްވުމެއްގައި ރާއްޖެއާއިި އިންޑިޔާ ސޮއިކޮށްފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖު ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު އަނެއް ދެ އެއްބަސްވުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެން ދާއިރާއިން ރާއްޖެއަށް އެހީ ދިނުމުގެ އެއްބަސްވުމެވެ.

މި ތިން އެއްބަސްވުމުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ދެޤައުމުން ސޮއިކުރި އެއްބަސްވުންތަކުގައި ހިމެނޭ ދާއިރާތަކުގެތެރެއިން ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ބޭފުޅުންނަށް އިންޑިއާގައި ހިލޭ ވިސާގެ ދަށުން ހޭދަކުރެވޭނެމުއްދަތު މިހާރަށްވުރެ އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ އެކިކަންކަމުގައި އެހީތެރިވުމާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އެހީވުމަށް އިންޑިއާއިންވަނީ އެއްބަސްވެފައެވެ.

ދެޤައުމުގެ ފޮރިން މިނިސްޓަރުން ކުރެއްވި މަޝްވަރާތަކުގައި ވަނީ ދެޤައުމުގެ ދެމެދުގައިއޮތް އުޚުއްވަތްތެރި ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކޮށް އުތުރު ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާކުރައްވާފައެވެ. އިންޑީއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި ވަނީ ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. މި މަޝްވަރާތަކުގައި ކެބިނެޓުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ މާދަމާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close