ބަހުސުންވެސް ފަތުޙީ އަކީ ޤާބިލު ބޭފުޅެއްކަން އެނގިގެންދިޔަ – ޑރ. ޝަހީމް
ކޮމަންޑޫ ދާއިރާގެ ބަހުސުންވެސް ފަތުޙީ އަކީ ޤާބިލު ބޭފުޅެއްކަން އެނގިގެން ދިޔަކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ރޭ، ޕީ.އެސް.އެމްގެ ފަރާތުން ގެނެސްދިން ކަމަންޑޫ ދާއިރާގެ ބަހުސް ޕްރޮގުރާމަށްފަހުގައެވެ.
” ކޮމަންޑޫ ދާއިރާގެ ބަހުސުން ޕީ.ޕީ.އެމް ގެ ކެނޑިޑޭޓް މޫސާ ފަތުޙީ އަކީ ޤާބިލު، ހަރުދަނާ، ވިސްނުންތެރި، ޢިލްމީ، ތަޖުރިބާހުރި ބޭފުޅެއްކަން ހާމަވެގެންދިޔަ. އަޅުގަނޑުގެ ދުޢާ އަކީ މޫސާ ފަތުޙީ އަށް ފުރިހަމަ ކާމިޔާބު މިންވަރު ކުރެއްވުން. އާމީން” ޑރ. ޝަހީމް ކުރެއްވި ޓްވިޓުގައި ވެއެވެ.
ޕީ.އެސް.އެމް އިން ރޭ 09:00 ގައި ވަނީ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ 3 ކެނޑިޑޭޓުން ހިމެނޭހެން ދާއިރާގެ ބަހުސް ގެނެސްދީފައެވެ. މި ޕްރޮގުރާމުގައި 3 ކެނޑިޑޭޓުންވެސްވަނީ ބައިވެރިވެލައްވާފައެވެ.
މިދާއިރާއަށް ވާދަކުރައްވަނީ އެމް.ޑީ.ޕީ އާއި ޕީ.ޕީ.އެމް ގެ އިތުރުން ފަހުން އުފެދުނު ސިޔާސީ ޕާޓީ އެމް.އެން.ޕީ ގެ ފަރާތުންނެވެ.

ހަަޑިމުޑުދާރުކޮވާހަކަދައްކަންއެގޭމީހެކަންޗެނަލްތޭރަބަލާމީހުނައްއިގޭނެއެއީގާބިލުމީހުންގެހުންނަންޖެހޭސިފަކަމުގަވާނަމައެސިފަފަތޮހީގެއެބަހުރިޝަހީމުމެންފަދަބޭފުޅުސިޔާސީވެގެންމަގުމައްޗައް. ނުކުތުމީހިތާމަހުރިކަމެށް
Fathuhee Aee fonikadaa beyfulheh, Vote eh othiyaa fennaane, ehen noonee nufennaane, vaahak partay akahvurevesu molhuvaane