އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުން މިހާރު ޚުޠުބާ ކިޔާތަން ޓީވީން ފެންނާނެ

އިސްލާމީ މަރުކަޒުގެ ފަންގީފިލާތަކުގައި ސްމާޓް ޓީވީ ހަރުކޮށް މުޅި އިސްލާމީ މަރުކަޒަށް ޓީވީ މެދުވެރިކޮށް ޚުޠުބާ ކިޔާ މަންޒަރުފެންނަގޮތް ހަދައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމިކު މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިގޮތުގައި އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާ އެއްގައިވެސް މިހާރު ވާނީ 98 އިންޗީގެ ސްމާރޓް ޓީވީ ހަރުކުރެވި ޚުޠުބާ ކިޔާ މީހާ ފެންނަގޮތް ހެދިފައެވެ.
އިސްލާމިކު މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިގޮތުގައި އިސްލާމީ މަރުކަޒުގައި ޓީވީތައް ހަރުކުރީ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ އެހީތެރިކަމާއެކު އެވެ. އެ މިނިސްޓްރީގެ އަމާޒަކީ މާލޭގެ ބޮޑަތި ހުރިހާ މިސްކިތެއްގައިވެސް ޓީވީ ހަރުކުރުން ކަމުގައެވެ.
މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވީ އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ އަދުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ ކަމެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި ޚުޠުބާ ކިޔާ މީހާ ފެންނަން ހުރުމަކީ ޝައުގުވެރިކަން ބޮޑުވާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޚުޠުބާ އަޑު އަހަން އިތުރު ސަމާލުކަން ދޭނެ ކަމަށާއި މިސްކިތުގައި އިންނައިރު ވެސް އިޝާރާތުގެ ބަހުން ސްކްރީނުން ފެންނަން ހުރުމުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ޚުޠުބާ ބުނެދެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިއީ މިފަދަ ގޮތަކަށް ޓިވީގެ ޒަރިއްޔާއިން މިސްކިތުގެ ފަންގިފިލާތަކުން ޚުޠުބާކިޔާ މިހާ ފެންނާނެގޮތް ހެދިގެން ދިޔަ ފުރަތަމަ ފަހަރެވެ.


