ޚަބަރު

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮކުރުމަށް ތާއީދެއް ނުކުރަން: ރައީސް ނަޝީދު

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮކުރުމަށް ތާއީދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމާއެކު ރާއްޖޭގައި ކޮތަޅުގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ. އަދި މިމައްސަލާގައި ގިނަބައެއްގެ ފާޑު ކިއުން އަމާޒުވެގެން ދިއުމާއެކު ސަރުކާރުން މިހާރުވަނީ މިމައްސަލަ ހައްލުކުރުމަށް، ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައެވެ. އަދި އެ އިސްލާހަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮތަޅުން ނަގާ ފީ ކުޑަކުރުމަށް ދެކޮޅުކަން ނަޝީދު ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަދު ކުރެވޭނީ އުގޫބާތެއް ކަނޑައެޅުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑު ކޮށްގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ނަޝީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވަނީ އެކަން އެނގި ތިބެގެން ކަމުގައެވެ.

ޕްލާސްޓިކު ކޮތަޅުގެ އަގު ބޮޑުކުރީ އެނގި ތިބެ. އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ.

ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން ގެންގުޅެނީ ލާހޫރޭ ސިޔާސަތެއް ކަމަށާއި އެއީ އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް ކަމުގައެވެ.

އަޒުމެއް، މީޒާނެއް ނެތް. ލީޑަޝިޕަކީ ކުރިއަށް ނުކުމެ، ކަންކަމާ ކުރިމަތިލުން. ބަދަލު ގެނެވޭނެ ހިތްވަރު ހުރީމަ.

ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވަނީ ކޮތަޅުން ފީނެގުމުން އިސްތިސްނާވާ އެއްޗެހީގެ ތެރޭގައި ކޮތަޅު ބޮނޑި ހިމަނަން ހުށަހަޅަފައެވެ. އަދި އޭގެ އިތުރުން މިގާނޫނު ފާސްކުރާއިރު ރާއްޖެއަށް ކުނި އިމްޕޯޓު ކުރުން ހުއްދަ ކޮށްފައި އޮތް އޮތުން މަނާކުރުމަށްވެސް މިއިސްލާހުގައިވަނީ ހިމަނާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close