ޚަބަރު

“ލަންދޫ ޕޮލިސް ރާޒުވާ މުބާރާތް” ނަމުގައި ލަންދޫގައި ރާޒުވާ މުބާރާތެއް ފަށައިފި

“ލަންދޫ ޕޮލިސް ރާޒުވާ މުބާރާތް” ނަމުގައި ލަންދޫގައި ރާޒުވާ މުބާރާތެއް ފަށައިފިއެވެ.

ނ.ލަންދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި ރާޒުވާ މުބާރާތުގައި ޖުމުލަ 20 ޓީމުން ވަނީ ބައިވެރިފައެވެ.

ލަންދޫ ޕޮލިސް ސްޓޭޝަނުން ބުނީ މި މުބާރާތަކީ ލަންދޫގައި ރާޒުވާ ކުރިއަރުވައި އަދި ޕޮލިސްސްޓޭޝަނާއި، ލަންދޫ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމުގެ ނިޔަތުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމުގައެވެ.މިއަދު މެންދުރު ފަހު 13:30 ގައި ފެށިގެން ދިޔަ މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ލަންދޫ ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މަންސޫރު މުޙައްމަދެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ގައ ނައިބްރައީސް މަންސޫރު ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ މިފަދަ މުބާރާތެއް ލަންދޫ ޕޮލިސްގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދަވާތީ ވަރަށް އުފާކުރައްވާ ކަމަށާއި، ލަންދޫ ކައުންސިލްގެ ނަމުގައި އެކަމަށް ޓަކައި ލަންދޫ ޕޮލިހަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ލަންދޫ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑައީދުގެ މުނާސަބަތާއިވެސް ގުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ހަރޯދަ ތެރޭގައި ނިންމާލެވޭގޮތަށް އިންތިޒާމް ކޮށްފައިވާއިރ، މުބާރާތުގެ މެޗްތައް ރޭނގަޑާއި، ދުވާލުވެސް ކުރިއަށް ދެއެވެ.

މުބާރާތުގެ މެޗްތައް ކުރިއަށް ގެންދަނީ ލަންދޫ ސްކޫލްގެ އައުޓް ޑޯރ ލައިބްރަރީއާއި، ލަންދޫ ބަނދަރު ސަރަޙައްދުގައި އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ ޚާއްޞަ މާލަން ތަކުގައެވެ.

ލަންދޫއަކީ ޒަމާނުއްސުރެ ރާޒުވާގެ ފޯރި އޮތް އަދި އެ ކުޅިވަރަށް ޝައުޤުހުރި ރައްޔިތުންތަކެއް އުޅޭ ރަށެކެވެ. އަދި ވަކިން ޚާއްޞަކޮށް ލަންދޫ ޒުވާނުންގެ މެދުގައި މިހާރުވަނީ މިކުޅިވަރު ވަރަށްބޮޑަށް ވައިގައި ހިފާފައެވެ.

އެއް ކޮމެންޓް

  1. ޞަޙާބީން ދެކިލެއްވިގޮތަށް ބަލާއިރު:

    ރާޒުވާ ކުޅެންތިބި ބަޔަކާއި ބައްދަލުވީހިނދު ޢަލީ رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެފައިވެއެވެ:

    “ކަލޭމެން އެއަކަށް ތަބާވެގެން ތިތިބީ ކޮން ބުދުތަކެއް ހެއްޔެވެ ؟”

    އިމާމް އަޙްމަދު ވިދާޅުވިއެވެ: “ރާޒުވާއާއި ބެހޭގޮތުން އެއްމެ ސާފުވެގެންވަނީ ޢަލީގެފާނުގެ ބަހެވެ.”

    އަބްދުﷲ އިބްނު އުމަރު ކުރެން ރާޒުވާޔާއި ބެހޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވިއެވެ:

    “ޑައިސް އަށް ވުރެންވެސް އެ ނުބައިވެގެންވެއެވެ.”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close