ފުޓުބޯޅަ ތަރި ކްރިސްޓިއަން އަޓްސޫގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ އިމާރާތުގެތެރެއިން
ސްކައި ނިއުސް — ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ މަރުވި ޚަބަރާއެކު ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުން ތިބީ ހައިރާންވެފައެވެ. އަޓްސޫގެ ހަށިގަނޑު ފެނިފައިވަނީ ތުރުކީގައި އޭނާ ދިރިއުޅެމުން ދިޔަ އިމާރާތުގެ ކުނިތަކުގެ ދަށުގައި ކަމަށް އޭނާގެ އޭޖެންޓް ނާނާ ސެޗޭރޭ ބުންޏެވެ.
ގާނާއަށް ނިސްބަތްވާ އަޓްސޫ އަކީ ތުރުކީގެ އަންޓަކްޔާގެ ޓީމު ހަޓައިސްޕޯރަށް ކުޅެމުން އައި ކުޅުންތެރިއެކެވެ. ތުރުކީ އާއި ސީރިއާއަށް މިދިޔަ ހަފުތާގައި އައި ބިންހެލުމާ ގުޅިގެން ޒަހަމްތަކަކާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް ހިތާމައަކީ އެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކަކަށްވާއިރު، އެ ހިތާމަވެރި ގެއްލުން ބޮޑު ހާދިސާގައި އޭނާގެ އާއިލާގެ މީހުންވެސް ވަނީ މަރުވެ ގޮސްފައެވެ.
އަޓްސޫގެ އެޖެންޓް ނާނާ ސެޗޭރޭ ވަނީ މި ހިތާމަވެރި ޚަބަރު ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އަޓްސޫގެ އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ހިތާމައާއި ތައުޒިޔާ ރައްދުކޮށް، މި ދަތި ދަނޑިވަޅުގައި އެންމެންގެ ދުޢާއާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
އަޓްސޫ އަކީ ފުޓްބޯޅައިގެ ދުނިޔޭގައި މޮޅު ހުނަރުވެރި ކުޅުންތެރިއެކެވެ. އެފްސީ ޕޯޓޯ، ޗެލްސީ އަދި ނިއުކާސަލް ޔުނައިޓެޑް ފަދަ ކްލަބްތަކަށް ކުޅުމަށް ޔޫރަޕަށް ބަދަލުވުމުގެ ކުރިން ގާނާގައި ކެރިއަރު ފެށި އެވެ. އޭނާ އަކީ ދަނޑުމަތީގައި ސްޕީޑާއި ހަރުދަނާކަމާއި ފަންނީ ގާބިލުކަން ހުރި ކުޅުންތެރިއެކެވެ.
އަޓްސޫ މަރުވުމާ ގުޅިގެން ފުޓްބޯޅައިގެ މުޖުތަމައުގެ އެކި ކަންކޮޅުތަކުގައި ހިތާމަފާޅުކޮށްފައިވާއިރު، ގިނަ ކުޅުންތެރިންނާއި ކޯޗުންނާއި ސަޕޯޓަރުން ވަނީ މި ޚަބަރާއެކު ތައުޒިޔާ އާއި ހިތާމަ ފާޅުކޮށްފައެވެ. އޭނާއަކީ ކުޅިވަރުގައި ވަރަށް ލޯބިވާ ޝަހުސިއްޔަތެއް ކަމުން އޭނާ ގެއްލިމަކީ އޭނާ ދަންނަ އެންމެންނަށް ވެސް ވަރަށް ބޮޑަށް ހިތްދަތިކަން އިހުސާސް ކުރެވޭނެ ކަމެކެވެ.
