މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭ ޗާންދަނި މަގުގައި ހުންނަ ރެޑްބީ ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގެ ޚަބަރު ލިބުމާއެކު އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެތަނުގައި ހަރަކާތްތެރިވާން ފަށާފައެވެ.
އެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަންނަނީ އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 09:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

