ޚަބަރުބޭރުދުނިޔެ

މޯދީއާ ބެހޭ ބީބީސީ ޑޮކިއުމެންޓްރީއަށް އިނގިރޭސި ވިލާތުގެ މެމްބަރު ރޮބަޓް ބްލެކްމަން ފާޑުވިދާޅުވެއްޖެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭ ގޮތުން ބީބީސީން ގެނެސްދިން ސިލްސިލާއަށް އިނގިރޭސި ވިލާތުގެ މެމްބަރު ރޮބަޓް ބްލެކްމަން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ޖައިޕޫރުގައި ވާހަކަ ދައްކަވަމުން ބްލެކްމަން ވަނީ މިދިޔަ މަހު އިނގިރޭސިވިލާތުން ގެނެސްދިން ކަމަށް ބުނާ ޕްރޮޕެގެންޑާ ޕީސްއާ މެދު ނުރުހުން ފާޅުކޮށް އިންޑިއާގައި ބޮޑު ހަމަނުޖެހުމެއް އުފައްދައިފަ އެވެ.

ޑޮކިއުމެންޓްރީގެ ދެ ބައި ވެސް ބަލާފައިވާ ބްލެކްމަން ބުނި ގޮތުގައި އެތަނުގައި ހުރި ސްމިއާތަކަށް ބަލާލުމުން އޭނާގެ ލޭ ކެކިގެން ދިޔަ އެވެ. އަދި އިންޑިއާގައި ދައްކާ ގޮތާއި ނުފެންނަ ކަންކަން ނިންމުމުގެ އިހްތިޔާރު އިންޑިއާ ސަރުކާރަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތަކަށް ޓެކްސް ރެއިޑް ކުރުމަކީ ދެ ބައިގެ ސިލްސިލާއާ ގުޅިފައިވާ ކަމެއް ނޫން ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

މި މައްސަލަ ފެށުނީ 2002 ވަނަ އަހަރު ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭ ބައެއް ކަންކަން މޯދީ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމުގައި ހުންނެވި އިރު، “ދަ މޯދީ ސުވާލު” ގެ ނަމުގައި ހަދާފައިވާ ޑޮކިއުމެންޓްރީގައި ތަހުގީގު ކޮށްފައިވާ ކަމަށް ބުނުމުންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މި ޑޮކިއުމެންޓްރީ އަކީ އޮބްޖެކްޓިވިޓީ ނެތް އަދި ކޮލޯނިއަލް ވިސްނުމެއް ދައްކުވައިދޭ “ޕްރޮޕެގެންޑާ ޕީސް” އެއް ކަމަށް ބުނެ އެ ޑޮކިއުމެންޓްރީ ވަނީ ދޮގުކޮށްފަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓްވިޓާ އާއި ޔޫޓިއުބަށް ސަރުކާރުން އަންގާފައި ވަނީ އެ ޑޮކިއުމެންޓްރީގެ ލިންކްތައް ބްލޮކް ކުރުމަށެވެ. ސަރުކާރުގެ އެންގުމާ އެކު ވެސް އިދިކޮޅު ޕާޓީތަކާ ގުޅިފައިވާ މެމްބަރުންގެ ޖަމިއްޔާތަކާއި ޒުވާނުންގެ ގޮފިތަކުން ވަނީ އެކި ސްޓޭޓްތަކުގެ ކޮލެޖް ކެމްޕަސްތަކާއި އާންމު ތަންތަނުގައި މި ސީރީޒް ސްކްރީންކޮށްފަ އެވެ.

އިންކަމް ޓެކްސް ޑިޕާޓްމަންޓުން އިއްޔެ ވަނީ ދިއްލީ އާއި މުމްބާއީގައި ހުންނަ ބީބީސީގެ އޮފީސްތަކުގައި ސާވޭ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ބަލައި ފާސްކޮށްފައިވަނީ އިންޓަނޭޝަނަލް ޓެކްސޭޝަން އެންޑް ޓްރާންސްފާ ޕްރައިސިންއޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އެ ޑިޕާޓްމަންޓުން ބަލަނީ އެ ކުންފުނީގެ ވިޔަފާރީގެ އޮޕަރޭޝަންތަކާއި އެ ކުންފުނީގެ އިންޑިއާ އާމްއާ ގުޅުން ހުރި ލިޔުންތަކެވެ.

މި ޑޮކިއުމެންޓްރީއާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ބަހުސްތައް އުފެދި، ބައެއް ފަރާތްތަކުން ނޫސްވެރިކަމުގެ މިނިވަންކަން އިތުރުކުރުމަށް ގޮވާލާފައިވާއިރު، އަނެއް ބަޔަކު ވަނީ ގައުމުގައި ދައްކާ ކަންކަން ކޮންޓްރޯލް ކުރުމުގެ ހައްގު ސަރުކާރަށް ލިބިގެންވާ ކަމަށް ބުނެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close