ޚަބަރު

އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި ނޫސްވެރިއަކަށް އައިސީޔޫގައި ފަރުވާދެނީ


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ޞާލިޙް ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ކަވަރުކުރަން ދިޔަ ޗެނަލް13ގެ ނޫސްވެރިޔަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މިއަދުގެ މުޒާހަރާއަށް ހުރަސްއަޅައި ބާރުގެ ބޭނުންކޮށްގެން ފުލުހުންވަނީ މުޒާހަރާ ރޫޅާލާފައެވެ. މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ ހާނީއްކަވެފައިވެއެވެ. އިދިކޮޅު ޕީޕީއެމްއިންވަނީ މި މުޒާހަރާގައި ބައެއް މީހުންނަށް ބޮދެތި އަނިޔާތައް ވެފައިވާކަމަށާ، ޗެނަލް13ގެ ނޫސްވެރިޔާއަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެމުން އަންނަކަން ހާމަކޮށްފައެވެ.

މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި ޗެނަލް13ގެ ނޫސްވެރިޔާއަށް އަނިޔާވީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ޝީލްޑް ހިފައިގެން މީހުންގެގަނޑުގެ ތެރެއަށް ވަދެގަތުމުގެ ތެރޭގައި ޝީލްޑުންނާއި ފުލުހުންގެ އަތުން ޖެހި އަނިޔާވެ ފިތި ވެއްޓިގެންނެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވާކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. މިކަމަގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close