ޚަބަރު

ކޮވިޑް-19 އަށް ދިވެއްސަކު ޔޫއޭއީން ފައްސިވި ކަމަށް ބުނާ ޚަބަރު ދޮގުކޮށްފި

ކޯވިޑް-19އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް، (ޔޫއޭއީ)އިން ދިވެއްސަކު ފައްސިވިކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވީނަމަވެސް އެވާހަކަ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދޮގުކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ އެކަމާގުޅިގެން ޔޫއޭއީ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މަޢުލޫމާތު ޙިއްސާ ކޮށްފައިވާކަމަށެވެ. އެގޮތުން އެމީހާއަކީ ދިވެއްސެއް ނޫންކަން މިހާރު ޔަގީން ކުރެވިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީއިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. އެހީސާބުން ފެށިގެން ފޮރިންގ މިނިސްޓްރީން އެކަމުގެ މައުލޫމާތު ހޯދުމަށް ކުރިމަސައްކަތުން އެއީ ދިވެއްސެއްކަމަށް ނުބެލެވޭކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކުވެސް ޕޮޒިޓިވް ވެފައިވާކަމުގެ ޚާބަރުތައްވަނީ ލިބިފައެވެ. ނަމަވެސް ސަރުކާރުން އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close