ޚަބަރު

ދިވެހި ސިފައިންނާ، އިނގިރޭސި ރޯޔަލް މިލިޓަރީ ޕޮލިހުން ގުޅިގެން ތަމްރީނުތަކެއް

ދިވެހި ސިފައިންނާއެކު އިނގިރޭސި ރޯޔަލް މިލިޓަރީ ޕޮލިހުން ހަތިޔާރާއެކު މި ފެށޭ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަރަކާތްތެރިވާނެކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން އަސްކަރީ ތަމްރީނުތަކެއްގައި 2023 ފެބްރުވަރީ 01 އިން 09 އަށް މާލެ، ހުޅުމާލެ ފޭސް 01 އަދި 02 ގެ އެކިއެކި ލޮކޭޝަންތަކުގައި ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މިޙަރަކާތްތަކުގައި ހަތިޔާރާއެކު ސިފައިން ޙަރަކާތްތެރިވާނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close