ޚަބަރު

ޕްރައިމަރީއަށްފަހު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހު އެދިވަޑައިގެންފި

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ޕާޓީ ދެ ފެކްޝަނަކަށް ބެހިގެންގޮސް ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައިވާ މިދަނޑިވަޅުގައި ، މާދަމާ އޮންނަ އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްފަހު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހް ރައީސް ނަޝީދުގެ ޓީމުގެ ކިބައިން އެދިލައްވައިފިއެވެ.

ރައީސް ސޯލިހް މިކަމަށް އެދިލެއްވީ ކެމްޕޭނު ނިންމުމަށް މިއަދު ހުޅުމާލޭ ރުއްގަނޑު ސަރަޙައްދުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް ނިމުމާއެކީގާ މާޒީ އެކަހެރިކޮށް ވޭތުވެދިޔަ ތަން ބާއްވާފާ އެކީގަ މަސައްކަތް ކުރަން ނިކުތުމަށް އެދިލައްވާ ކަމަށެވެ. އަދި އެކީ އެކައްޗެއްގެ ގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސޭހަކަމާއެކުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމަށެވެ.

ރައީސް ސޯލިހު މިފަދަ މޭރުމަކުން ވާހަކަ ފުޅުދައްކަވާފައިވާއިރު، ހަމަ އެވާހަކަ ފުޅާ ވިދިގެން އިތުރަށް ވިދާޅުވީ ކެމްޕޭނުގައި ފާއިތުވެ ދިޔަ ތިން ހަފްތާގެ ތެރޭގައި ގިނަ އަދި ބުރަ މަސައްކަތްތަކެއްވެސް ކުރެވިއްޖެކަމަށެވެ. ރައީސް ވިދާޅުވީ ސާފު ނަތީޖާއެއް އަތުގައި އެބަ އޮތް ކަމަށާއި ދެން ކޮށްލަން ޖެހެނީ ކުޑަ މަސައްކަތެއް ކަމަށެވެ. އެއީ މާދަމާ ނިކުމެ ވޯޓުތައް އަޅާލުން ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ވޯޓަށްފަހު އެކުގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، އަނެއްކޮޅުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close