މުދާ ހިފައިގެން ދިޔަ ސަޕްލައި ދޯންޏެއް ފަރަށް އަރައިފި
މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މިހާދިސާގެ ރިޕޯޓް ލިބުނީ ދަންވަރު 02:07 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.
ހަ ފަޅުވެރިންނާއި އެކު ދަތުރު ކުރަމުންދިޔަ، 85 ފޫޓުގެ މި ސަޕްލައި ދޯންޏަކީ މުދާ ހިފައިގެން މާލެއިން އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓަށް ދަތުރުކުރަމުންދިޔަ “ބޮނިތޯ ކެރިއާ” ނަމަކަށް ކިޔާ ދޯންޏެކެވެ.
މި ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

