ޚަބަރު

ރައީސްގެ ކެމްޕެއިންގައި ނޫނުގެ ތިން ރަށަކަށް ވަޑައިގަންނަވަނީ


ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވަމުންދާ ދަތުރުފުޅުގައި ނ އަތޮޅުގެ 3 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ޞާލިހު ގެ ކެންޕެއިން ޓީމުން މިއަދު ބުނީ، ޕްރައިމަރީގެ ކެމްޕެއިނަށް އެމަނިކުފާނު މާދަމާ ނ އަތޮޅުގެ ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން ނ. ކެނދިކުޅުދޫ، މަނަދޫ އަދި ވެލިދޫއަށް ރައީސް މާދަމާ ވަޑައިގަންނަވާނެއެވެ.

ކެނދިކުޅުދޫ އާއި މަނަދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު، ނ އަތޮޅުގެ ކެމްޕެއިން ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެލިދޫގައެވެ.

“އެމްޑީޕީ ކުރިއަށް” ޝިއާރާ އެކު ރައީސް ފައްޓަވާފައިވާ ކެމްޕެއިން ތެރެއިން އެ ޕާޓީގެ މެންބަރުންގެ ވޯޓު ހޯދުމަށް ރައީސް ޞާލިހު މިހާރަ ވަނީ އަތޮޅު ތަަކަށް ދަތުރު ފަށްޓަވާފައެވެ.

އެގޮތުން އިއްޔެއާއި މިއަދު އެމަނިކުފާނުގެ ކެމްޕެއިން ރ އަތޮޅުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އެމަނިކުފާނު ވަނީ އެ އަތޮޅުގެ މާކުރަތާއި އިންނަމާދޫއަށް ވަޑައިގެންފައެވެ. އަދި އެއަށްފަހު މިރޭ މީދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މިރޭ އެ ރަށުގައި އެމަނިކުފާނުގެ ކެމްޕެއިން ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕަރައިމަރީގެ ކެންޕެއިން އެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް އަންނަނީ ވަރަށް ފޯރި އާ އެކު ކުރަމުންނެވެ. އެގޮތުން ރައީސް ޞާލިހާއި ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އަންނަނީ އަތޮޅު ތެރެއަށް ކެމްޕެއިން ދަތުރުފުޅު ކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close