ޚަބަރު

ލަންދޫ ޕިކްނިކް އޭރިޔާގެ ބީޗް ސާފު ކުރުމުގެ ހަރަކާތެއް ހިންގައިފި

ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން ލަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތައް ކުޅިގެން އެރަށު ޕިކްނިކް އޭރިޔާގެ ބީޗް ސާފު ކުރުމުގެ ހަރަކާތެއް ހިންގައިފިއެވެ.

މިއަދު ހަވީރު 4:00 ގައި ފެށިގެން ކުރިއަށްދިޔަ މިހަރަކާތުގައި މުއައްސަސާތަކުގެ ވެރިންނާއި، ގިނަޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ލަންދޫ ކައުންސިލުން ބުނީ މިހަރަކާތް ހިންގުމުގެ ބޭނުމަކީ ޕިކްނިކް އޭރިޔާގެ ބީޗް ހަޑިވެފައިވާތީ އެތަން ސާފުކުރުމެވެ.

މިއީ ލަންދޫގައި ދޭތެރެދޭތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. ސްކޫލް ޗުއްޓީއާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ބީޗް ސާފުކުގެ ހަރަކާތްތައް އެރަށުގައި ކުރިއަށް ގެންދެއެވެ. އަދި މިފަދަ ހަރަކާތްތަކުގައި މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ ބައިވެރިވުންވެސް ފުޅާދާއިރާއެއްގައި ލިބެމުންދާކަމަށް ލަންދޫ ކައުންސިލުން ފާހަގަ ކުރައްވައެވެ.

ލަންދުއަކީ ޒަމާނުއްސުރެ މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގައި ރައްޔިތުން ގުޅިގެން އެކުވެރިކަމާއެކު ފޯރީގައި އަމަލީ ގޮތުން ބައިވެރިވަމުންދާ ރައްޔިތަކު ދިރިއުޅޭ ނަމޫނާ ރަށެކެވެ.

https://www.facebook.com/alaib2/posts/pfbid02WtME2NNcAt4sX5Tn7CMDCcHbs9Ku5c7J9tdftJNhpqT97W3rACTHv85JWWM5oc4Sl

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close