ކުޅިވަރު

ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލޭންޑް ހޯދައިފި

ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލޭންޑްހޯދައިފިއެވެ. ޕާކިސްތާނާ ވާދަކޮށް އިނގިރޭސިވިލާތް މޮޅުވީ 5 ވިކެޓުންނެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ކުޅުނު މެޗުގައި ޓޮސް ލިބުމުން އިނގިރޭސި ޓީމުން ގަސްތު ކުރީ ހޮވަން ނިކުންނާށެވެ. ފުރަތަމަ ކުޅެން އަރައި ޕާކިސްތާނަށް 20 އޯވަރުގެތެރޭގައި ހެދުނީ 8 ވިކެޓަށް 137 ލަނޑެވެ.

ފުރަތަމަ ކުޅެން ނިކުތް ކެޕްޓަން ބާބަރު އަޢުޡަމާއި ވިކެޓު ކީޕަރު މުޙައްމަދު ރިޟުވާނަށް ގުޅިގެން އެދެވޭ ގޮތަކަށް ނުކުޅެވުނެވެ. ރިޟުވާން ނުބައިވީ އެންމެ 15 ލަނޑަށެވެ. ބާބަރު ނުބައިވީ 32 ލަނޑަށެވެ. ހުޅުވަން އެރި ކުޅުންތެރިންނަށް ނުކުޅެވުނުގޮތަށް މިޑްލް އޯޑަރ ބެޓްސް މަނުންނަކަށް ވެސް ރަނގަޅަށް ލަނޑުހެދޭ ގޮތެއް ނުވިއެވެ. ޓީމުން ޝާން މަސްއޫދު 38 ލަނޑު ހެދިއިރު ދެން ފާހަގަ ކުރެވުނީ 20 ލަނޑު ހެދި ޝާދާބެވެ. ޕާކިސްތާނުގެ ގިނަ ކުޅުންތެރީން ނުބައިވީ އެމީހުން ކުޅުނު ބޯޅަ ފަސޭހަކަމާއެކު އޮސްޓްރޭލިއާގެ ކުޅުންތެރީން ހިފައިގެންނެވެ.

އޮސްޓްރޭލިއާ ޓީމުގެ އުކުންތެރިއާ ސޭމް ކަރަން 12 ލަނޑަށް 3 ވިކެޓު ނެގިއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެސް އޭނާ އަށެވެ.

އިނގިރޭސި ޓީމު ކުޅެން އެރި އިރު ހަދަން ޖެހިފައި އޮތީ 138 ލަނޑެވެ. އެ ޓީމު މެޗުން މޮޅުވީ 5 ވިކެޓުންނެވެ. ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 52 ލަނޑު ހެދި ސްޓޯކްސް އެވެ. އަދި ބަޓްލާ 26، ބްރޫކްސް 20، މުޢީން ޢަލީ 19 ލަނޑު ހެދިއެވެ. ޕާކިސްތާން ޓީމުން އެންމެ ރަނގަޅަށް އުކީ 23 ލަނޑަށް 2 ވިކެޓު ނެގި ރައޫފެވެ.

މެޗު ނިމެން ދަނިކޮށް ޕާކިސްތާނަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ ޓީމުގެ އެންމެ ބާރު އުކުންތެރިޔާ ޝާހީން ޝާން އަފުރީދީގެ ކަކުލަށް ލިބުނު ގެއްލުމަކާ ގުޅިގެން އޭނާ ކުޅުމާ ވަކިވާން ޖެހުމެވެ.

މޫސުން ގޯސްވެގެން ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށް ބެލެވުނު ފައިނަލް މެޗުގެ ކުޅިބަލަން 80462 މީހުން ސްޑޭޑިއަމަށް ވަނެވެ.

2 ކޮމެންޓް

  1. ފައިނަލްގައި ކުޅުނީ ޕާކިސްތާނާއި އިނގިރޭސިން. އެކަމު ދޭ ތެރެއަކުން އޮސްޓްރޭލިޔާގެ ކުޅުންތެރިން ވެސް ބޯޅަ ހިފާކަން ފާހަގަވޭ.. ބޯ ހަލާކު..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close