ކުޅިވަރު

ތަފާތު ބޮޑު ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ތާވަލުގެ އެއްވަނައަށް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު 6-1 ގެ ބޮޑު ތަފާތަކުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކާމިޔާބުކޮށްފިއެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ލަނޑެއް ޖަހައި ކުރިހޯދައިދިންއިރު، މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ހަތަރު ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)، އަހުމަދު ރާހިލް ރަޝީދު އަދި ޕެނަލްޓީއަކުން އަލީ ޝިޔާހް (ޝިޔާ) އެވެ. މިއީ ރާހިލް ކާމިޔާބުކުރި ފުރަތަމަ ބައިނަލްއަގުވާމީ ލަނޑެވެ. ބަންގްލަދޭޝްއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖެހި ނަމަވެސް، ދެވަނަ ހާފުގައި ކެޕްޓަން އިމްރާން އާއި އަބްދުالله ޝާފިއު ވަނީ އިތުރު ދެ ލަނޑު ޖަހައި ރާއްޖެއަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ވާދަވެރި އިންޑިއާއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ރާއްޖެ ގަޑިން ހަވީރު 15:00 ގައެވެ. ބަންގްލަދޭޝް އަތުން ހޯދި މި ބޮޑު މޮޅާއެކު، އިންޑިއާ މެޗަށް ނިކުންނައިރު ރާއްޖޭގެ ޓީމަށް ވަނީ ބޮޑު އިތުބާރެއް ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close